މާތްﷲ އިންސާނުންނަށް ހިދާޔަތުގެ ގޮތުގައި ފޮނުއްވި ހަމައެކަނި ދީނަކީ އިސްލާމްދީން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ދީން ރައްކާތެރިކުރުން" މި މައުޟޫއަށް އިއްވ ިޚުޠުބާގައި ބުނީ އިސްލާމްދީން ބިނާވެގެންވަނީ ޤުރްއާނާއި ސުންނަތުގެ މައްޗަށްކަމަށެވެ. މި ދެ މަސްދަރުގެ ތެރެއިން އެއްވެސް އެއްޗެއް ނެތި ދީން ފުރިހަމައެއް ނުވާނެކަމަށްވެސް ޙުޠުބާގައި ބުނެފައިވެއެވެ.
އިސްލާމްދީނުގެ އަދާވާތްތެރިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުސްލިމުން ބައިބައިކޮށް، އިސްލާމްދީނާމެދު ޝައްކު އުފައްދައި، މުސްލިމުންގެ ވަޙްދަތު ނައްތާލުމަށް ކަމަށާއި، އަދި މިއަދު ބައެއް މީހުން ބޭނުންވަނީ ﷲގެ ޝަރީޢަތުގެ މައްޗަށް އިންސާނުން ހަދާ ޤާނޫނުތައް އިސްކުރުމަށްކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
މުސްލިމުންގެ ދީނީ ޝަޚްޞިއްޔަތު ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ޣައިރު ދީންތަކުގެ މީހުންނާ އެއްގޮތްވުމާއި، އެމީހުންގެ ދީނީ އިޙްތިފާލުތަކުގައި ބައިވެރިވުމަކީ މަނާކަމެއްކަމަށް މިއަދުގެ ޚުޠުބާގައި ވަނީ ބުނެފައެވެ.
ދިވެހިން އިސްލާމްދީނުގައި ދެމިތިބޭތާ ނުވަސަތޭކަ އަހަރާ ގާތްވެފައިވާއިރު، މި ދީން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނީ ޤުރުބާނީތަކެއް ވެގެންނެވެ. އަދި ޞައްޙަ ޢަޤީދާގެ މަތީގައި ޖީލުތައް ބިނާކޮށް، ޤުރްއާނާއި ސުންނަތަށް ތަބާވާ ބަޔަކު އުފެއްދުމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...