ރާއްޖޭގެ ޚަބަރު ތ. ވިލުފުށީ ޢުމަރު ފާރޫޤް މިސްކިތަކީ އިސްލާމީ މަރުކަޒެއްކަމުގައި ރައީސް ކަނޑައަޅުއްވައިފި

ތ. ވިލުފުށީ ޢުމަރު ފާރޫޤް މިސްކިތަކީ އިސްލާމީ މަރުކަޒެއްކަމުގައި ރައީސް ކަނޑައަޅުއްވައިފި

ތ. ވިލުފުށީ ޢުމަރު ފާރޫޤް މިސްކިތަކީ އިސްލާމީ މަރުކަޒެއްކަމުގައި ރައީސް ކަނޑައަޅުއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތ. ވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤް، އިސްލާމީ މަރުކަޒެއް ކަމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

މިކަން ރައީސް އިޢުލާން ކުރެއްވީ އެރަށު ރައްޔިތުންނާއެކު ބޭއްވެވި ޚާއްޞަ ޖަލްސާއެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މި މަރުކަޒަށް ބޭނުންވާ ލައިބްރަރީއާއި ކްލާސްރޫމްތަކާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި މިއީ ވިލުފުށީ ރައްޔިތުންގެ އެދުމުގެ މަތިން ރައީސުލްޖުމުހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.

މިހާރުވެސް މި މިސްކިތުގައި ޤުރުއާނާބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހިންގަމުންދާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ޤުރުއާން ހިފްޒުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށްޓަކައި ރާއްޖެއިން ބޭރުގެ ޓީޗަރެއް މަރުކަޒުގެ ބެލުމުގެ ދަށުން މަސައްކަތް ކުރަމުންދެއެވެ.

ނަލަހިޔާ ގްރޫޕްގެ ފަރާތުން ތ. ވިލުފުށީގައި ބިނާކޮށްފައިވާ މި މިސްކިތަކީ، މިހާރު އިސްލާމީ ތަޢުލީމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރަމުންދާ މަރުކަޒަކަށް ވެގެންދާނެއެވެ. މި ނިންމުމާއެކު، ރަށުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ޓެގް

ތ.ވިލިފުށި ރައީސް ޑރ މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.