ފ. ފީއަލީގައި 500 މީހުންގެ ޖާގައިގެ އައު މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. އަދި އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދު އެވެ.
މި މިސްކިތަކީ ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރެވޭ މިސްކިތެކެވެ. މިގޮތުން މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރެވި، އޭސީ ކުރެވޭނެއެވެ. އަދި މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއްވެސް ހިމެނޭނެއެވެ.
ފީއަލީގައި މިފަދަ ބޮޑު މިސްކިތެއް އިމާރާތްކުރުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. މި މިސްކިތް ނިމުމުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އަޅުކަން ކުރުމުގެ އިތުރުން، ދީނީ ތަޢުލީމު އުނގެނުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...