ރާއްޖޭގެ ޚަބަރު ރަސޫލެއްކަމަށް އަމިއްލައަށް ދަޢުވާކުރާ މީހެއް ރާއްޖެގައި

ރަސޫލެއްކަމަށް އަމިއްލައަށް ދަޢުވާކުރާ މީހެއް ރާއްޖެގައި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިއިސްލާމް ޑެއިލީ

ރަސޫލެއްކަމަށް އަމިއްލައަށް ދަޢުވާކުރާ މީހެއް ރާއްޖެގައި އެބަ އުޅޭކަމަށް ރާއްޖެ އިސްލާމް ވެބްސައިޓުން ހާމަކޮށްފިއެވެ.

"އަމިއްލައަށް ތިމަންނާއަކީ ރަސޫލެއްކަމަށް ދަޢުވާކުރާ ޕާކިސްތާނު މީހެއް މިވަގުތު ރާއްޖެއައިސް އެބައުޅޭކަމަށާއި މިމީހާއަކީ އިނގިރޭސިވިލާތުގައި ދިރިއުޅޭ މީހެއް" ކަމަށް ރާއްޖެއިސްލާމް.ކޮމް ގާއި ހާމަކޮށްފައިވެއެވެ. ހަބަރު ލިބޭގޮތުގައި މިމީހާ ރާއްޖެއައިސްގެން އުޅެނީ މީނާއަށް ތަބާވާ ދިވެހިންކޮޅެއްގެ ދަޢުވަތަކަށް ކަމަށާއި ރާއްޖޭން މީނާއަކީ ރަސޫލެއްކަމަށް ޤަބޫލުކުރާ މީހުންގެ ތެރޭގައި އެމް.އެން.ޑީ.އެފްގައި ކޯޕްރަލްއެއްގެ ރޭންކުގައި ހުރި 'އަމީރު' ނަމަކަށްކިޔާ މީހަކު ހިމެނޭކަމަށްވެއެވެ. ރާއްޖެއިސްލާމް ވެބްސައިޓުން ކަށަވަރު ކޮށްދޭގޮތުގައި "ރަސޫލުކަމަށް ދަޢުވާކޮށްގެން އުޅޭ މިމީހާ ހުންނަނީ ފަރީދީމަގުގައި ހުންނަ މޮނަލާލާސް ކައިރީ ހުންނަ ގެއެއްގައެވެ. ކުރިން ދެންނެވުނު އަމީރުގެ ޢާއިލާވެސްވަނީ އެއަވާގައި ޖެހިފައި'ކަމަށެވެ.

ރާއްޖެއިސްލާމް.ކޮމް ގައި އިތުރަށްވާގޮތުގައި "މިހިނގާ އޭޕްރީލްމަހުގެ 4 ވަނަދުވަހު އަމީރު އާއި އޭނާގެ ޢާއިލާގެ މެންބަރުންތައް ގޮވައިގެން ރަސޫލެއްކަމަށް މިދަޢުވާކުރާ މީހާ، ސްރީލަންކާއަށް ޙައްޖަށް ދާގޮތަށް ވަނީ ހަމަޖެހިފައެވެ. ބެލެވޭ ގޮތުން މާދަމާރޭގެ ދަންވަރުގެ ފްލައިޓުން ލަންކާއަށް ފުރާނެކަމުގައި ޚަބަރުލިބިފައިވެއެވެ. މިބައިމީހުން ބުނާގޮތުން މައްކާގެ ޙަރަމްފުޅު މިހާރުވަނީ ބުދަށް އަޅުކަންކުރާ ކާފަރުންގެ އަތްދަށުގައެވެ. އެހެންކަމުން މިހާރު އެތަނަށް ޙައްޖަށް ނުދެވޭނެ ކަމަށް މިމަގުފުރެދިފައިވާ ބައިގަނޑު ބުނެއެވެ." އެވެބްސައިޓްގައިވާގޮތުގައި "މިކަމާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، އިސްލާމިކް އެފެއާޒް މިނިސްޓްރީއަށާއި، ފުލުސް އޮފީހަށާއި އަދިވެސް ކަމާއިބެހޭ އެންމެހައި ފަރާތްތަކަށް ވަނީ ލިބިފައެވެ." ވަރަށް ކައިރި މުސްތަޤްބަލެއްގައި މުރުތައްދުވެފައިވާ، މިބައިމީހުންގެ ނަންތަކާއި ފޮޓޯތައް އަދި ހުރިހައި މަޢުލޫމާތުތަކެއް ރާއްޖެއިސްލާމް ވެބްސައިޓް މެދުވެރިކޮށް އާންމު ކުރާނެކަމުގެ އިންޒާރު އެވެބްސައިޓްގައިވަނީ ހާމަކޮށްފައެވެ.

ދިއިސްލާމް.ކޮމް އިން ބެލި ބެލުމުންވެސް މިޚަބަރު ވަނީ ކަށަވަރުވެފައެވެ. މިޚަބަރާއި ގުޅޭ އިތުރު މައުޟޫމާތު ލިބުނުހާ އަވަހަކަށް އާންމުކުރާނަމެވެ. އިންޝާﷲ

ޓެގް

ދީން ލާދީނީ ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.