ރާއްޖޭގެ ޚަބަރު އެމަޖެންސީ ޢަރަބި އިސްލާމީ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޤަތަރަށް ފުރާވަޑައިގެންފި

އެމަޖެންސީ ޢަރަބި އިސްލާމީ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޤަތަރަށް ފުރާވަޑައިގެންފި

އެމަޖެންސީ ޢަރަބި އިސްލާމީ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޤަތަރަށް ފުރާވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމަޖެންސީ ޢަރަބި-އިސްލާމިކް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިރޭ ޤަތަރަށް ފުރާވަޑައިގެންފިއެވެ. މި ސަމިޓަކީ އިސްރާއީލުން މި މަހުގެ 9 ވަނަ ދުވަހު ޤަތަރަށް ދިން ހަމަލާއާ ގުޅިގެން 15 ސެޕްޓެންބަރު 2025 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމުން ދޭހަވަނީ، ފަލަސްތީނުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ޤަތަރާއެކު ރާއްޖެއިން ދެމިއޮންނާނެކަމެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރު ޤައުމުތަކުން ބައިވެރިވާ މި ސަމިޓަކީ، މުސްލިމް އުއްމަތުގެ ދިފާއުގައި މަސައްކަތްކުރާ ސަރަޙައްދީ ޕްލެޓްފޯމެއްގެ ދަށުން ބާއްވާ ސަމިޓެކެވެ. އިސްރާއީލުގެ ހަމަލާގައި ހަމާސްގެ 5 މެންބަރުން ޝަހީދުވެފައިވާއިރު، މީގެ ތެރޭގައި ޙަމާސްގެ އިސް ތަރުޖަމާނު، ޚަލީލް އަލް-ހައްޔާގެ ދަރިކަލުން ވެސް ހިމެނެއެވެ.

"މިއީ ޓެރަރިޒަމްގެ ޢަމަލެއް" މިހެން ވިދާޅުވެ ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އާލް ޘާނީ ވަނީ މި ހަމަލާ ކުށްވެރިކުރައްވާފައެވެ. އަދި މި ހަމަލާއަށް ސަރަޙައްދުން ޖަވާބުދާރީވާނެކަމަށާއި، މުޅި ޚަލީޖު ސަރަޙައްދު ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިވާކަމަށް ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

އެހެންނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ޓެރަރިސްޓުންނަށް ހިޔާވަހިކަން ދޭ ހުރިހާ ޤައުމުތަކަށް ހަމަލާދޭނެ ކަމަށް ބިރުދައްކާފައެވެ. މި ހާދިސާއާ ގުޅިގެން ފަލަސްތީނުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢާ ގުޅިގެން ރާއްޖެއިން މަސައްކަތްކުރުމުގައި ފަސްނުޖެހޭނެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

ޓެގް

ޢަރަބި އިސްލާމީ ދުނިޔެ ރައީސް ޑރ މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.