ރާއްޖޭގެ ޚަބަރު ޔަހޫދީން ޤަތަރަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި

ޔަހޫދީން ޤަތަރަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި

ޔަހޫދީން ޤަތަރަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔަހޫދީ ދައުލަތުން ޤަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ރައީސް މި ހަމަލާ ކުށްވެރިކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުޢިއްޒު މި ހަމަލާ ސިފަކުރެއްވީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު، އަދި ކަނޑައެޅިގެން ޤަޠަރުގެ ސިޔާދަތާއި ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި ޢަމަލެއް ގެ ގޮތުގައެވެ. އަދި މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޤަތަރާއެކުގައި ކަމަށް ވިދާޅުވެ، ބައިނަލްއަގުވާމީ މުޖުތަމައަށް ޔަހޫދީ ދައުލަތް ޖަވާބުދާރީ ކުރުވުމަށް ގޮވާލައްވާފައިވެއެވެ.

ޤަތަރަކީ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށް ސުލްހައިގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރަމުން އަންނަ ޤައުމެކެވެ. އަންގާރަ ދުވަހު ޔަހޫދީ ދައުލަތުން ދޯހާއަށް ހަމަލާ ދީފައިވަނީ މި މަސައްކަތްތައް ކުރަމުންދަނިކޮށެވެ.

ރައީސް މުޢިއްޒު ވަނީ ޣައްޒާގެ އިތުރުން ލުބުނާނާއި ޔަމަނާއި ސޫރިއާއަށް ޔަހޫދީ ދައުލަތުން ދެމުން އަންނަ ހަމަލާތަކާއި، ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅޭގޮތުންވެސް އެ ދައުލަތް ޖަވާބުދާރީ ކުރުވުމަށް ގޮވާލައްވާފައެވެ.

ޓެގް

ޤަޠަރު ރައީސް ޑރ މުޙައްމަދު މުޢިއްޒު އިސްރާއިލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.