ރާއްޖޭގެ ޚަބަރު ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ ކާމިޔާބުކަމާއެކު ނިންމާލައިފި

ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ ކާމިޔާބުކަމާއެކު ނިންމާލައިފި

ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ ކާމިޔާބުކަމާއެކު ނިންމާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025" އެއްދުވަހުގެ މުއްދަތަށް ބޭއްވުނު މަހާސިންތާ ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

މިއަހަރުގެ މަހާސިންތާގެ ޝިޢާރަކީ "އިޖުތިމާޢީ އަދާލަތާއި ސުމޭކީ ޝާމިލުކަން ޤާއިމުކުރުމުގައި ޒަކާތުގެ ދައުރާއި ޒަމާނީ ވަޞީލަތްތަކާއެކު އިޖުތިމާޢީ ރައްކާތެރިކަން ކުރިއެރުވުން" އެވެ. މި މަހާސިންތާގައި ޒަކާތުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރާއްޖޭގެ އަދި ބައިނަލްއަޤުވާމީ ކީނޯޓް ސްޕީކަރުން ބައިވެރިވެ، ޒަކާތާ ގުޅުންހުރި އެކި މައުޟޫޢުތަކަށް ޕެނަލް ޑިސްކަޝަންތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

މަހާސިންތާގައި ޓެކްނޮލޮޖީގެ އައު އީޖާދުތަކާއެކު ޒަކާތުގެ ނިޒާމަށް ގެނެވޭނެ ބަދަލުތަކާއި، ކްރިޕްޓޯ ކަރަންސީފަދަ ޒަމާނީ އާމްދަނީގެ ބާވަތްތަކުން ޒަކާތް ނެރުމުގައި ހުރި ޝަރުޢީ މައްސަލަތަކަށް އަލިއަޅުވާލައި، ބްލޮކްޗެއިން އަދި އާޓިފިޝަލް އިންޓެލިޖެންސްފަދަ އާލާތްތަކާއެކު ނިޒާމުގެ ތެރެއިން ދިމާވާ އެކި މައްސަލަތަކަށް ހައްލު ހޯދުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒަކާތު ހައުސްގެ އެކްޓިން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް މޫސާ މުޢިއްޒު ވިދާޅުވީ، "މި މަހާސިންތާގައި ދެކެވުނު ވާހަކަތަކުން ޒަކާތަކީ އަޅުކަމެއްގެ އިތުރުން މުޖުތަމަޢު ބަދަލުކޮށްދެވޭނެ އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންކުރެވިދާނެ މުހިންމު ވަސީލަތެއްކަން އެނގިގެންދިޔަ" ކަމަށެވެ.

މީގެއިތުރުން އެކްޓިން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި، ޒަކާތް ލިބެންޖެހޭ އެންމެ ފުރިހަމަ މިންވަރަށް ނެގުމަށް މަސައްކަތްކުރުމާއި، ޒަމާނީ މާލީ އެސެޓްތަކުން ޒަކާތް ދެއްކުމުގެ އިރުޝާދުތައް އާންމުންނަށް ފޯރުކޮށްދިނުމާއި، ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ބެހެނިވެރިންނާއި ޚިދުމަތް ހޯދާ މީހުންނަށް ފަސޭހަ ގޮތަކަށް ޒަކާތް ދެއްކުމާއި ލިބިގަތުމުގެ ނިޒާމު މަގުފަހިކޮށްދިނުމުގެ މުހިންމުކަން ވަނީ މަހާސިންތާގައި ފާހަގަކުރެވިފައެވެ.

ޓެގް

ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025 ޒަކާތު ހައުސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.