ރާއްޖޭގެ ޚަބަރު ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް އިތުރަށް އެހީ ފޯރުކޮށްދިނުމަށް ވިސްނުން ގެންގުޅެން: ވަޒީރު ޝަހީމް

ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް އިތުރަށް އެހީ ފޯރުކޮށްދިނުމަށް ވިސްނުން ގެންގުޅެން: ވަޒީރު ޝަހީމް

ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް އިތުރަށް އެހީ ފޯރުކޮށްދިނުމަށް ވިސްނުން ގެންގުޅެން: ވަޒީރު ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް އިތުރަށް އެހީ ފޯރުކޮށްދިނުމަށް ވިސްނުން ގެންގުޅުއްވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މިދިޔަ އަހަރުގެ މަހާސިންތާއިން ލިބުނު ޢިލްމީ ރަޢުޔާއި އިރުޝާދުތަކަށް ބިނާކޮށް، ޒަކާތުގެ ނިޒާމު ބައްޓަންކުރަމުން އަންނަ ކަމަށެވެ. އަދި މިފަހަރުގެ މަހާސިންތާއިންވެސް ނިޒާމު ހަރުދަނާކޮށް، ތަރައްޤީކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވި، މަޢުލޫމާތުތަކެއް ލިބޭނެކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ޒަކާތުގެ ޤާނޫނު އެކުލަވާލެވިފައިވަނީ ފުރަތަމަ ޒަކާތު މަހާސިންތާއިން ލިބުނު މަޝްވަރާތަކުގެ އަލީގައެވެ. "އިދާރީ މެނޭޖްމެންޓާއި ޝަރުޢީ ހަމަތައް ގުޅިލާމެހިފައި ވަނީ ޤާނޫނުގައި. އިންވެސްޓްމެންޓަށް ފުރުޞަތުދީފައިވޭ. މިއީ އެހެން ޤާނޫނެއްގައި ހުރި ސިފަތަކެއް ނޫން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފަޤީރުންނާއި މިސްކީނުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާނެއެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަމާއި، ބޭސްފަރުވާއާއި، ތަޢުލީމަށް ޚަރަދުކުރުން ހިމެނެއެވެ. "މިގޮތަށް ތަރައްޤީކުރެވިއްޖެއްޔާ ހެޔޮ މުޖުތަމަޢެއް އުފެދޭނެ،" ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާގެ ޝިޢާރަކީ "އިޖުތިމާޢީ އަދާލަތާއި ސުމޭކީ ޝާމިލުކަން ޤާއިމުކުރުމުގައި ޒަކާތުގެ ދައުރާއި ޒަމާނީ ވަޞީލަތްތަކާއެކު އިޖުތިމާޢީ ރައްކާތެރިކަން ކުރިއެރުވުން" އެވެ. މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމު އިތުރަށް ކުރިއެރުވުމެވެ.

ޓެގް

ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025 އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ ޒަކާތު ހައުސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.