ރާއްޖޭގެ ޚަބަރު މިއަހަރުގެ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ ފަށައިފި

މިއަހަރުގެ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ ފަށައިފި

މިއަހަރުގެ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ބާއްވާ "ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025" މިއަދު ވަނީ ފަށައިފައެވެ. މިއަހަރުގެ މަހާސިންތާގެ ޝިޢާރަކީ "އިޖުތިމާޢީ އަދާލަތާއި ސުމޭކީ ޝާމިލުކަން ޤާއިމުކުރުމުގައި ޒަކާތުގެ ދައުރާއި ޒަމާނީ ވަޞީލަތްތަކާއެކު އިޖުތިމާޢީ ރައްކާތެރިކަން ކުރިއެރުވުން" އެވެ.

މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނެންސް ޔުނިވަރސިޓީގެ އެސޯސިއޭޓް ޑީން ފޮރ ސްޓޫޑެންޓްސް އެންޑް އިންޓަރނޭޝަނަލައިޒޭޝަން ޑރ. ޢާއިޝަތު މުނީޒާއެވެ.

މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޢިއްޒައްދީން އަދުނާން ވިދާޅުވީ، "މި މަހާސިންތާއިން ޒަކާތުގެ ނިޒާމާއި އިސްލާމީ މާލީ ނިޒާމުގެ ޢިލްމުވެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އެއްތަނަކުން މަޝްވަރާކުރުމުގެ ފުރުޞަތު ލިބިގެންދާނެ" ކަމަށެވެ.

މި މަހާސިންތާގައި ކްރިޕްޓޯ ކަރަންސީފަދަ ޒަމާނީ އާމްދަނީގެ ބާވަތްތަކުން ޒަކާތް ނެރުމުގައި ހުރި ޝަރުޢީ މައްސަލަތަކަށް އަލިއަޅުވާލެވޭނެއެވެ. އަދި ބްލޮކްޗެއިން އަދި އާޓިފިޝަލް އިންޓެލިޖެންސްފަދަ އާލާތްތަކާއެކު ނިޒާމުގެ ތެރެއިން ދިމާވާ އެކި މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރެވޭނެ ކަމަށް ޢިއްޒައްދީން އަދުނާން ފާހަގަކުރެއްވިއެވެ.

މިއީ ދިވެހިރާއްޖޭގައި ބާއްވާ ދެވަނަ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާއެވެ. މި މަހާސިންތާގައި އިޖުތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރެވޭނެއެވެ.

ޓެގް

ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025 ޒަކާތު ހައުސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.