ރާއްޖޭގެ ޚަބަރު ޓޫރިޒަމް ދާއިރާ ވެސް ކުރިއަރުވަންވީ ކަމަށާއި ނަމަވެސް އެކަން ކުރަންވީ އިސްލާމް ދީނުގައިވާ ގޮތުގެ މަތިން: ރައީސް މުޢިއްޒު

ޓޫރިޒަމް ދާއިރާ ވެސް ކުރިއަރުވަންވީ ކަމަށާއި ނަމަވެސް އެކަން ކުރަންވީ އިސްލާމް ދީނުގައިވާ ގޮތުގެ މަތިން: ރައީސް މުޢިއްޒު

ޓޫރިޒަމް ދާއިރާ ވެސް ކުރިއަރުވަންވީ ކަމަށާއި ނަމަވެސް އެކަން ކުރަންވީ އިސްލާމް ދީނުގައިވާ ގޮތުގެ މަތިން: ރައީސް މުޢިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓޫރިޒަމް ދާއިރާވެސް ކުރިއަރުވަންވީ ކަމަށާއި ނަމަވެސް އެކަން ކުރަންވީ އިސްލާމް ދީނުގައިވާ ގޮތުގެ މަތިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އއ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު އުކުޅަހު ކުޑަކުދިންތަކެއް އެމަނިކުފާނަށް އެރުވި ސިޓީ އަކާ ގުޅިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އުކުޅަހު ކުދިންތަކެއް ރައީސް އަށް އެރުވި މިސިޓީގައި ބުނެފައިވަނީ ”ކޮއްކޮމެން ބޭނުން ބީޗަށް ދާން. އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް. ބީޗުގައި ވެސް ރެސްޓޯރެންޓުގައި ވެސް މަގުމަތީގައި ވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން،" އެސިޓީގައި ބުނެފައިވެއެވެ.

ސިޓީއަށް އަލިއަޅުވާލައި ވާހަކުފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ހިންގާއިރު ވިސްނަން ޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށެވެ.

ޓޫރިޒަމް އިންޑަސްޓްރީ ފުޅާކޮށް ރައްޔިތުންނަށް ފުދުންތެރިކަން ހޯދައިދޭން ބޭނުންވި ނަމަވެސް އެ ލިބޭ މުއްސަނދިކަން ހޯދާއިރު އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަން ނުކުރުމަށް ރައީސް އެދިވަޑައިގަތެވެ.

ރަށްރަށުގައި ޓޫރިސްޓް އެނދުތައް އިތުރު ކުރަންވީ ކަމަށާއި ނަމަވެސް އެކަން ކުރަންވީ ރާއްޖޭގެ ޤާނޫނާއި ޤަވައިދުތަކާ އެއްގޮތްވާ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ގެސްޓް ހައުސްތަކާއި ޓޫރިޒަމް ދާއިރާ ވެސް ކުރިއަރުވަންވީ ކަމަށާއި ނަމަވެސް އެކަން ކުރަންވީ އިސްލާމް ދީނުގައިވާ ގޮތުގެ މަތިންކަން ފާހަގަ ކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ އޭރުން ވިޔަފާރީގައި ބަރަކާތް ލައްވާނެ ކަމަށެވެ.

ﷲ ހަރާމް ކުރެއްވި ކަންކަން ފާޅުގަ އާއި ސިއްރުގައި ނުކުރުމަށް ރައީސް މުއިއްޒު ނަސޭހަތްތެރިވެ ވަޑައިގަތެވެ.

 

ޓެގް

އއ.އުކުޅަސް ރައީސް ޑރ މުޙައްމަދު މުއިއްޒު ފަތުރުވެރިކަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.