ރާއްޖޭގެ ޚަބަރު މިނިވަން މުސްތަގިއްލު ފަލަސްޠީނެއް ގާއިމުވަންދެން އެ ޤައުމުގެ ޙައްގުގައި ސާބިތުވެ ތިބެންޖެހޭ: ވަޒީރު ޝަހީމް

މިނިވަން މުސްތަގިއްލު ފަލަސްޠީނެއް ގާއިމުވަންދެން އެ ޤައުމުގެ ޙައްގުގައި ސާބިތުވެ ތިބެންޖެހޭ: ވަޒީރު ޝަހީމް

މިނިވަން މުސްތަގިއްލު ފަލަސްޠީނެއް ގާއިމުވަންދެން އެ ޤައުމުގެ ޙައްގުގައި ސާބިތުވެ ތިބެންޖެހޭ: ވަޒީރު ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިވަން މުސްތަގިއްލު ފަލަސްޠީނެއް ގާއިމުވަންދެން އެ ޤައުމުގެ ޙައްގުގައި ދިވެހި ރައްޔިތުން ސާބިތުވެ ތިބެންޖެހޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށާއި ޣައްޒާގެ ހިސާރު ނައްތާލުމަށް ގޮވާލާ ހުކުރު ދުވަހުގެ ހަވީރު ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ފަލަސްޠީނަކީ ދިވެހި އުންމަތާ އަބަދުވެސް ވަރުގަދަ އުޚުވަތްތެރިކަމުގެ ގުޅުމެއް އޮތް ޤައުމެއް ކަމަށެވެ.

"އަޅުގަނޑުމެން ގޮވާލަނީ ޣައްޒާއަށް އޮތް ހިސާރު މިހާރުން މިހާރަށް ނައްތާލާށޭ. ޣައްޒާއަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް މިހާރުން މިހާރަށް ނައްތާލާށޭ. ބޯޑަރުތައް ހުޅުވާލާށޭ އަޅުގަނޑުމެން ގޮވާލަމުން މިދަނީ،" ވަޒީރު ޝަހީމް ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވަނީ ޔަހޫދީ ދައުލަތުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާއި، އެ އަމަލުތައް ހިންގުމުގައި ބައިނަލްއަގުވާމީ ބޮޑެތި ބާރުތަކުން އެ ދައުލަތަށް ވަމުން އަންނަ އެހީތެރިކަންވެސް ކުށްވެރިކުރައްވާފައެވެ.

ދިވެހި ހުރިހާ ރައްޔިތުން ފަލަސްޠީނާއި ޣައްޒާގެ ޙައްގުގައި އަޑުއުފުލުމުގައި ސާބިތުވެ ތިބެންޖެހޭކަން ފާހަގަކުރައްވައި، ވަޒީރު ޝަހީމް ވިދާޅުވީ މިއީ ޙައްގު ގޮތް ކަމަށެވެ. އަދި ސަހުޔޫނީ ބާރުތަކާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަތިވެރި ޖިހާދުގައި ދުލުން ނުވަތަ މުދަލުން ނަމަވެސް ބައިވެރިވުމަށް އެންމެހާ ދިވެހިންނަށް ގޮވާލެއްވިއެވެ.

ޓެގް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފަލަސްޠީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.