ރާއްޖޭގެ ޚަބަރު މެދުއިރުމައްޗަށް އަތްގަދަކުރުމަށް ޔަހޫދީން އިއުލާންކުރި ޕްލޭން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން: ރައީސް މުޢިއްޒު

މެދުއިރުމައްޗަށް އަތްގަދަކުރުމަށް ޔަހޫދީން އިއުލާންކުރި ޕްލޭން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން: ރައީސް މުޢިއްޒު

މެދުއިރުމައްޗަށް އަތްގަދަކުރުމަށް ޔަހޫދީން އިއުލާންކުރި ޕްލޭން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން: ރައީސް މުޢިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މެދުއިރުމައްޗަށް އަތްގަދަކުރުމަށް ގެންގުޅޭ ތަސައްވުރާއި ގުޅޭގޮތުން ޔަހޫދީ ސަރުކާރުން ދެއްކި ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފަލަސްތީނާއި އަރަބި އެހެން ޤައުމުތަކަށް އަތްގަދަކުރުމަށް ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "ވިޝަން އޮފް ގްރޭޓަރ އިޒްރާއިލް" ގެ ނަމުގައި ޕްލޭނެއް އިއުލާންކޮށް، އެ ޕްލޭނަށް އަމަލުކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން އަރަބި ޤައުމުތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ނުރުހުން ފާޅުކޮށް، އެކަން ކުއްވެރިކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޓްވީޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، މި ޕްލޭނަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، އެ ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތި ހާލުން އަރައިގަތުމަށް ބައިނަލްއަޤްވާމީގޮތުން ގުޅިގެން އަވަސް މަސައްކަތްތަކެއް ކުރުމަށްވެސް ގޮވާލާފައެވެ.

ދިވެހިރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ގައުމަކަށްވާއިރު، ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކުގައި ދިވެހި ސަރުކާރުން ދަނީ ފަލަސްތީނު ރައްޔިތުންގެ ހައްޤުގައި ކެނޑިނޭޅި އަޑުއުފުލަމުންނެވެ. އަދި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައިކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ ހަމަޖެހުމާއި ސަލާމަތް ހޯދުމަށް ކުރާ މަސައްކަތުގައި ދެމި އޮންނާނެކަން ރައީސް މުޢިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ޓެގް

ރައީސް ޑރ މުޙައްމަދު މުޢިއްޒު ޣައްޒާ ފަލަސްޠީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.