ރާއްޖޭގެ ޚަބަރު ޙައްޖާއި ގުޅޭ ކަންކަމަށް ރައީސް މުޢިއްޒުގެ ސަރުކާރުން އަންނަނީ އިންޤިލާބީ ބަދަލުތަކެއް ގެންނަމުން: ވަޒީރު ޝަހީމް

ޙައްޖާއި ގުޅޭ ކަންކަމަށް ރައީސް މުޢިއްޒުގެ ސަރުކާރުން އަންނަނީ އިންޤިލާބީ ބަދަލުތަކެއް ގެންނަމުން: ވަޒީރު ޝަހީމް

ޙައްޖާއި ގުޅޭ ކަންކަމަށް ރައީސް މުޢިއްޒުގެ ސަރުކާރުން އަންނަނީ އިންޤިލާބީ ބަދަލުތަކެއް ގެންނަމުން: ވަޒީރު ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޙައްޖާއި ގުޅޭ ކަންކަމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންޤިލާބީ ބަދަލުތަކެއް ގެންނަމުންދާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، 1446 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިން ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންކަމަށެވެ. މި އައު އިންތިޒާމުގެ ސަބަބުން، ކުރިން ޖިއްދާ އެއަރޕޯޓުގައި ގިނަ ގަޑިތަކެއް ހޭދަކުރަންޖެހޭ ކަންތައްތައް މިހާރު ނިންމާލެވެނީ އެންމެ ދެތިން މިނެޓުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ ނިންމެވުމަކާއެކު، މައްކާއިން މަދީނާއަށް ކުރާ ދަތުރު މިހާރު ކުރެވެނީ ހައި ސްޕީޑް ޓްރެއިންގައެވެ. މިއީ ކުރިން ބަހުގައި 8 ގަޑިއިރު ހޭދަވާ ދަތުރު އެންމެ 2 ގަޑިއިރަށް ކުޑަކުރެވިގެން ދިޔުމެކެވެ.

ޙައްޖުގެ ކަންކަމުގައި ގެނެވުނު މި އިންޤިލާބީ ބަދަލުތަކަކީ ދިވެހި ރައްޔިތުންނަށް ލިބިގެންދިޔا ވަރަށް ބޮޑު ލުއިފަސޭހައެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ކަންކަން ހާސިލުކުރުމުގައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންގެ ފަރާތްޕުޅުން ލިބިވަޑައިގަންނަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރުވެރިވެ ވަޑައިގަންނަވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ޓެގް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރައީސް ޑރ މުޙައްމަދު މުޢިއްޒު ޙައްޖު ކޯޕަރޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.