ރާއްޖޭގެ ޚަބަރު ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާ މިމަހު 23 ގައި ބޭއްވުމަށް ނިންމައިފި

ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާ މިމަހު 23 ގައި ބޭއްވުމަށް ނިންމައިފި

ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާ މިމަހު 23 ގައި ބޭއްވުމަށް ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޒަކާތުގެ ނިޒާމު ކުރިއެރުވުމުގެ މަޤްޞަދުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބާއްވާ ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާގެ ދެވަނަ މަހާސިންތާ އޮގަސްޓް 23 ގައި ބޭއްވުމަށް ނިންމައިފިއެވެ.

ޒަކާތާ ބެހޭ ފުރަތަމަ ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވާފައިވަނީ ފާއިތުވެ ދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މިއީ އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަހާސިންތާއެކެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިފަހަރުގެ މަހާސިންތާގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ރާއްޖޭގައި ޑިޖިޓަލް އަދި އިޖުތިމާޢީ-އިޤްތިޞާދީ ދާއިރާގައި ޒަކާތުގެ ނިޒާމު ތަރައްޤީކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުންނެވެ. މި މަހާސިންތާގައި ދީނީ ޢިލްމުވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަދި ކަމާގުޅުންހުރި އެހެނިހެން ފަރާތްތައް އެއްތަނަކަށް އެއްވެ މަޝްވަރާކުރާނެއެވެ.

މި މަހާސިންތާގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވޭނީ ޒަކާތާ ގުޅުންހުރި އިޖްތިމާޢީ ކަންކަމާއި، ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކާ ޒަކާތާ ހުރި ގުޅުންތަކަށެވެ. އެގޮތުން މިޒަމާނުގެ މައްސަލަތަކަށް ޒަކާތުން ހައްލު ހޯދުމާއި، ޑިޖިޓަލް އިޤްތިޞާދެއް ޤާއިމުކޮށް، އެއިން ލިބޭނެ އާމްދަނީއާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވޭ މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ދެމެހެއްޓެނިވި ޒަކާތުގެ ނިޒާމެއް ޤާއިމުކުރުމެވެ. މި މަހާސިންތާގައި ޢިލްމުވެރިންނާއި، މި ދާއިރާގެ މާހިރުންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތައް އެއްވެ، އިޖުތިމާޢީ އަދި އިޤްތިޞާދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތްތައް ބަލައި ދިރާސާކުރެވޭނެއެވެ.

މިދިޔަ އަހަރު ބޭއްވުނު މަހާސިންތާގައި ރާއްޖޭގެ ބައެއް މުއައްސަސާތަކުގެ އިތުރުން މެލޭޝީޔާގެ މުއައްސަސާތައް ވެސް ބައިވެރިވެފައިވެއެވެ. އަދި ޕެނަލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސާއި އިޤްތިޞާދީ ދާއިރާގެ މާހިރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓެގް

އިސްލާމިކް މިނިސްޓްރީ ޒަކާތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.