ރާއްޖޭގެ ޚަބަރު ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމާ ދެކޮޅަށް ދިވެހި ކަނބަލުންގެ ހިމޭން ހިނގާލުމެއް!

ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމާ ދެކޮޅަށް ދިވެހި ކަނބަލުންގެ ހިމޭން ހިނގާލުމެއް!

ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމާ ދެކޮޅަށް ދިވެހި ކަނބަލުންގެ ހިމޭން ހިނގާލުމެއް!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1 އޮގަސްޓް 2025 ވާ ހުކުރު ދުވަހު "ޣައްޒާ ބަނޑަށް މަރުވަނީ" މި ނަމުގައި ކަނބަލުންގެ ހިމޭން ހިނގާލުމެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.

އިސްރާ އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ދިވެހި ކަނބަލުން އިސްނަގައިގެން ކުރިއަށްގެންދާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ރަސްފަންނު ސަރަހައްދުން ހުކުރު ދުވަހުގެ ހަވީރު 16:15 ގައެވެ. ބައިވެރިން ހަމަހިމޭން ކަމާއެކު މަޖީދީމަގުގައި ހަތަރު ތަނެއްގައި މަޑުކުރުމަށްފަހު، ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ހެންވޭރު އާޓިފިޝަލް ބީޗަށެވެ.

އިހްތިޖާޖު އިންތިޒާމުކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ކާބޯތަކެތި ނުލިބި ޣައްޒާގެ ކުޑަކުދިން މަރުވަމުންދާއިރު، އެ ކުދިންގެ މައިންނާއެކު ދިވެހި މައިން އެއްބައިވަންތަކަމާއެކު ތިބިކަން ދެއްކުމަށް ބާއްވާ ހިނގާލުމެކެވެ. އަދި ޣައްޒާގެ މިހާރުގެ ދަތި ހާލަތާ މެދު ހިތްދަތިވެ އެމަންޒަރު ބަލަން ކެތް ނުވާތީ، ދިވެހިރާއްޖެ ކުޑަކަމުގައި ވިޔަސް، ދުރުގައި އޮތްކަމުގައި ވިޔަސް، އިސްލާމީ އުޚުއްވަތުގެ ގުޅުން ދައްކުވައިދިނުމަށް ބޭއްވޭ ހަރަކާތެކެވެ.

އަންހެނުންނާއި ކުޑަކުދިން މި ހިނގާލުން ލީޑުކުރާއިރު، ބައިވެރިންނަށް އަމިއްލަ ޕޯސްޓަރުތަކާއި ފަލަސްޠީނު ދިދަ ގެނެވޭނެއެވެ. ޚާއްޞަކޮށް، ޣައްޒާގެ ނޫސްވެރިޔާ ބިސާން އަވްދާގެ "ބޭންގް ދަ ޕޮޓް" ކެމްޕޭން ތަމްސީލުކުރުމަށް ހުސް ތެލި، ތަށި އަދި ސަމްސާ ގެނައުމަށް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.

ޣައްޒާގައި ބަނޑަށްޖެހިފައިވާ މުސްލިމުންގެ އަޑު ދުނިޔެއަށް އިއްވުމަށްޓަކައި ވީހާވެސް ގިނަ އަންހެނުންނާއި ކުޑަކުދިން މި ހިނގާލުން ބައިވެރިވުމަށް އިންތިޒާމުކުރާ ފަރާތުން ގޮވާލައެވެ.

ޓެގް

ޣައްޒާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.