ދުނިޔެ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ހިންގަމުންދަނީ "ހީލަތްތެރި" ކެމްޕެއިނެއް: އިޒްރޭލުގެ ޚާރިޖީ ވަޒީރު

ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ހިންގަމުންދަނީ "ހީލަތްތެރި" ކެމްޕެއިނެއް: އިޒްރޭލުގެ ޚާރިޖީ ވަޒީރު

ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ހިންގަމުންދަނީ "ހީލަތްތެރި" ކެމްޕެއިނެއް: އިޒްރޭލުގެ ޚާރިޖީ ވަޒީރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާލުމަށް ގޮވާލައި ކުރަމުންދާ މަސައްކަތަކީ "ޙީލަތްތެރި" މަސައްކަތެއްކަމަށް ސިފަކޮށް ކިތަންމެ ޕްރެޝަރެއް ކުރިޔަސް ޙަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޮން ސާރް ބުނެފި އެވެ.

މީޑިއާއާ މުޚާތަބުކުރަމުން ސާރް ބުނެފައިވަނީ ޣައްޒާގައި ހަމާސްގެ ނުފޫޒު އޮތުމާއެކު، އަދި އިޒްރޭލުގެ ރައްޔިތުން ހަމާސްއިން ރަހީނުކޮށްފައި ތިބިހައި ދުވަހަކު، ހަމަލާތައް ހުއްޓާލުމަކީ އިޒްރޭލާއި ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ވެސް ނުރައްކާތެރި ކަމެއް ކަމަށެވެ. އޮކްޓޫބަރު 7 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާގައި 1000 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން ފެށުނު ހަނގުރާމައިގައި ޝަހީދުވެފައިވާ ފަލަޞްތީނުގެ ރައްޔިތުންގެ ޢަދަދު މިހާރު ވަނީ 60،000 އަށް އަރާފައެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން އިޒްރޭލާ ދެކޮޅަށް ފިއްތުންތައް އިތުރުކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް ވާހަކަދައްކަމުން ސާރް ބުނެފައިވަނީ ޣައްޒާގެ ޙާލަތާ މެދު ޒިންމާވާން ޖެހޭނީ ހަމައެކަނި ޙަމާސްއިން ކަމަށެވެ. އަދި ދެ ދައުލަތުގެ ހައްލަކަށް ފްރާންސް ފަދަ ޤައުމުތަކުން ގޮވާލާފައިވާ ގޮވާލުމަށް ފާޑުކިޔަމުން، މިވަގުތު ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަކީ ޖިހާދީ ދައުލަތެއް އުފެއްދުން ކަމަށް އޭނާ ބުނެފައިވެއެވެ.

އިޒްރޭލުން ޣައްޒާއަށް ހުއްޓުމެއްނެތި ޙަމަލާތައް ދެމުންދާއިރު މިއަދު އެކަނިވެސް ޣައްޒާގައި މިހާތަނަށް 81 މީހުން މަރާލާފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރެއިން 32 މީހުންނަކީ އިންސާނީ އެހީ ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ މީހުންނެވެ. މީގެ އިތުރުން އިޒްރޭލުގެ ހަރުކަށި ސިޔާސަތު ތަކުގެ ސަބަބުން ޣައްޒާގައި އެތައް ބަޔަކު ދަނީ ބަނޑުހައި ހޫނުކަން ތަޙައްމަލުކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.