ރާއްޖޭގެ ޚަބަރު ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެ މައްޗަށް ކުރެވެމުންދާ އަނިޔާތައް ދަލީލުކޮށްދެނީ މިނިވަންކަން ގެއްލިފައިވާކަން!

ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެ މައްޗަށް ކުރެވެމުންދާ އަނިޔާތައް ދަލީލުކޮށްދެނީ މިނިވަންކަން ގެއްލިފައިވާކަން!

ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެ މައްޗަށް ކުރެވެމުންދާ އަނިޔާތައް ދަލީލުކޮށްދެނީ މިނިވަންކަން ގެއްލިފައިވާކަން!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެ މައްޗަށް ކުރެވެމުންދާ އަނިޔާތައް ދަލީލުކޮށްދެނީ މިނިވަންކަން ގެއްލިފައިވާކަން ކަމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ ޑރ އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑީއާގައި ކުރެއްވެވި ޕޯސްޓެއްގައި ޝައިޚް ވިދާޅުވެފަވަނީ އީމާންކަމަށްފަހު އިންސާނާއަށް ލިބިގެންވާ އެންމެ މަތިވެރި ނިޢުމަތަކީ މިނިވަންކަން ކަމުގައި ބެލެވޭ ކަމަށެވެ.

މިގޮތުން، އިންސާނުން މަޚްލޫޤުންގެ އަޅުވެތިކަމުން ނެރެ، ދުނިޔެއަށް ޢަދުލުވެރި މިނިވަންކަން ގެނެސްދިން ހަމައެކަނި ދީނަކީ މާތްވެގެންވާ އިސްލާމްދީން ކަން ފާހަގަކުރެވޭ ކަމަށްވެސް ޝައިޚް ވިދާޅުވެފައިވެއެވެ.

ނަމަވެސް، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރިމަތިވަމުންދާ އަނިޔާވެރި ޢަމަލުތަކަކީ އިންސާނިއްޔަތުކަމާ އެއްގޮތަކަށްވެސް ނުގުޅޭ ކަންތައްތަކެއް ކަމަށާއި، މީގެ ތެރޭގައި ޤަތުލުޢާމްތަކާއި، ހައްޔަރުކޮށް ރަޙުމްކުޑަ ގޮތްގޮތަށް ހާނިކަކުރުމާއި، ބަނޑަށްޖައްސައި މެރުން ފަދަ ބިރުވެރި އަދި ނާމާން ޢަމަލުތައް ހިމެނެއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިފަދަ އަނިޔާވެރި ޢަމަލުތަކުން ދޭހަވަނީ މުސްލިމުންގެ މިނިވަންކަން ގެއްލިފައިވާކަމެވެ.

މިއަދުގެ ދުނިޔޭގައި މުސްލިމުންނަށް ކުރިމަތިވަމުންދާ މިފަދަ އަނިޔާވެރި ޢަމަލުތަކަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަމަށް ގެންނަންޖެހޭ މައްސަލަތަކެކެވެ. އަދި މިފަދަ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ދުނިޔޭގެ ހުރިހާ ޤައުމުތަކުން މަސައްކަތްކުރަންޖެހޭކަން ފާހަގަކުރެވެއެވެ.

އިންސާނީ ޙައްޤުތަކަށް ގޮވާލާ ޖަމްޢިއްޔާތަކުންނާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން މިފަދަ އަނިޔާވެރި ޢަމަލުތައް ކުށްވެރިކޮށް، މުސްލިމުންގެ މިނިވަންކަމާއި އަސާސީ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވެއެވެ.

 

ޓެގް

ޑރ އާދަމް ޝަމީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.