ދުނިޔެ އިޒްރޭލުން ފަލަޞްތީނުގެ އިސް މުފްތީ ހައްޔަރުކޮށްފޮ

އިޒްރޭލުން ފަލަޞްތީނުގެ އިސް މުފްތީ ހައްޔަރުކޮށްފޮ

އިޒްރޭލުން ފަލަޞްތީނުގެ އިސް މުފްތީ ހައްޔަރުކޮށްފޮ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުން ހިޞާރުކޮށްފައިވާ އަލް ޤުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތުގެ ތެރެއިން ފަލަޞްތީނުގެ އިސް މުފްތީ އަދި މަސްޖިދުލް އަޤްޞާގެ ޚަޠީބް އައްޝައިޚް މުޙައްމަދް ޙުސައިން ހައްޔަރުކޮށްފިއެވެ.

އަލްޤުދުސްގެ އައުޤާފް ޑިޕާޓްމެންޓުން ބުނެފައިވަނީ އިޒްރޭލުގެ ފުލުހުން ޝައިޚް މުޙައްމަދު ޙުސައިން ހައްޔަރުކޮށްފައިވަނީ އަލްއަޤްޞާ މިސްކިތުގައި ހުކުރު ޚުޠުބާ ދެއްވާ ނިމުމާއެކުގައެވެ.

ފަލަސްޠީން ނިއުސް އޭޖެންސީ (ވަފާ) އިން މަންޒަރު ފެނުނު ބައެއް ފަރާތްތަކާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ގެންގުޅޭ ބަނޑަށްޖެއްސުމުގެ ސިޔާސަތު ކުށްވެރިކުރައްވާ ހުކުރު ޚުތުބާގައި ޝައިޚް މުޙައްމަދު ޙުސައިން ވާހަކަދެއްކެވުމުން އިޒްރޭލުގެ ފުލުހުން މިސްކިތުގެ އޯޑިއޯ ރޫމަށް ވަދެ، ޝައިޚް މުޙައްމަދު ޙުސައިން ހައްޔަރުކޮށްފައިވެއެވެ.

އޭޖެންސީގެ ރިޕޯޓުގައިވާ ގޮތުން، އިޒްރޭލުގެ ފުލުހުންގެ ޚާއްސަ ޔުނިޓެއް މުފްތީ ހައްޔަރުކުރި ވަގުތު މަސްޖިދުލް އަޤްޞާގެ ސެކިއުރިޓީ ވެރިޔާގެ ކޮޓަރިއަށާއި މިސްކިތުގެ ޑިރެކްޓަރު ޝައިޚް އުމަރު އަލްކިސްވާނީގެ ކޮޓަރިއަށް ވެސް ވަދެފައިވެއެވެ.

އޭޖެންސީން އިތުރަށް ބުނެފައިވާ ގޮތުގައި، އިޒްރޭލުގެ ފުލުހުން ވަނީ އަލްއަޤްޞާ މިސްކިތުގައި ނަމާދުކުރުމަށް އައި ފަރާތްތައް އެތެރެއަށް ވަނުމަށް ހުރަސްއަޅައިފައެވެ.

އިޒްރޭލުގެ ފުލުހުން ޚާއްޞަކޮށް ހުކުރު ދުވަސްތަކުގައި ފަލަޞްތީނުގެ މުސްލިމުން އަލްއަޤްޞާ މިސްކިތަށް ވަނުމުން މަނާކުރުމަށް ހަރުކަށި ގަވާއިދުތަކެއް ތަންފީޒުކުރަމުން ގެންދާއިރު، އަލްއަޤްޞާ މިސްކިތުގައި ހުކުރު ނަމާދުކުރުމަށް ފަލަޞްތީނުގެ ވެސްޓް ބޭންކުން އަންނަ ފަރާތްތައް ޤުދުސްއަށް ވަނުމަށް ވެސް ހުރަސް އަޅަމުން ގެންދެއެވެ.

ޓެގް

ފަލަޞްތީން ޤުދުސް އިޒްރޭލު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.