ރާއްޖޭގެ ޚަބަރު މާލޭގައި ބިނާކުރާ ވަޤުފް ޢިމާރާތް، ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފި

މާލޭގައި ބިނާކުރާ ވަޤުފް ޢިމާރާތް، ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފި

މާލޭގައި ބިނާކުރާ ވަޤުފް ޢިމާރާތް، ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭ ސިޓީ ހެންވޭރުގެ 64 ނަންބަރު ކޮށީގައި ވަޤުފް ޢިމާރާތް (ދާރުލް އަރްޤަމް) ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިޢުލާން ކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި އެވުޒާރާއިން މިއަދު ޝާއިޢުކޮށްފައިވާ އިޢުލާނުގައި ބުނެފައިވާ ގޮތުން، މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް، ބިޑަށް ރަޖިސްޓްރީ ކުރާ ހުރިހާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 2025 އޮގަސްޓް 5 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރުމަށް ނުވަތަ 3020252، 3020212 ނަންބަރާ ގުޅައިގެން މަޢުލޫމާތު ސާފުކުރުމަށް އިޢުލާނުގައި އެދިފައިވެއެވެ.

ޓެގް

ވަޤުފް އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.