ރާއްޖޭގެ ޚަބަރު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އާމްދަނީއަށް 145 އިންސައްތައިގެ ކުރިއެރުމެއް

މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އާމްދަނީއަށް 145 އިންސައްތައިގެ ކުރިއެރުމެއް

މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އާމްދަނީއަށް 145 އިންސައްތައިގެ ކުރިއެރުމެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނިމިދިޔަ 2024 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު 145 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއރު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާގެ އެންމެފަހުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި 2024 ވަނަ އަހަރަގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 4.3 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރުގެ ޖޫން މަހު 10.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން އަހަރުގެ މިހާތަނަށް ޖުމްލަ 61.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ވެސް ރިޕޯޓުން ހާމަކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރު އެމުއްދަތުގައި ލިބުނު 50.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު 21 އިންސައްތައިގެ އިތުރުވުމެކެވެ.

މުދަލު ޒަކާތަކީ ނިޞާބުގެ މިންވަރަށްވުރެ އިތުރަށް މުދާ ލިބި، ހިޖުރީގޮތުން އަހަރެއް ފުރުމުން އެމުދަލުގެ ވެރިފަރާތުގެ މައްޗަށް ވާޖިބުވާ އަޅުކަމެކެވެ. ދިވެހިރާއްޖޭގައި ނިޞާބު ކަނޑައަޅަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން، ރަނުގެ އަގަށް ބަލައިގެންނެވެ. އެގޮތުން އެންމެ ފަހުން ނިޞާބުގެ މިންވަރު ކަނޑައަޅާފައިވަނީ އޭޕްރީލް މަހުއެވެ. އެއީ 9,264.15 ރުފިޔާއެވެ.

މި މިންވަރަށް މުދާ ލިބިފައިވާ ފަރާތްތަކުން، ރައްކާކޮށްފައިވާ ފައިސާއާއި އިންވެސްޓްކޮށްފައިވާ ފައިސާގެ އިތުރުން ޒާކާތް ވާޖިބުވާ އެހެނިހެން މުދަލުގެ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ދައްކަންޖެހެއެވެ. މުދަލު ޒަކާތް ދެއްކުމަށް އަހަރުގެ ވަކި ދުވަސްވަރެއް ކަނޑައެޅިފައި ނުވެއެވެ.

ޓެގް

މީރާ މުދަލު ޒަކާތް ޒަކާތު ފަންޑު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.