ދުނިޔެ އިޒްރޭލުގެ ސިފައިން އެ ޢަސްކަރިއްޔާގެ އެހެން ސިފައިންނަށް ޖިންސީ ފުރައްސާރަކުރާކަމުގެ ތުހުމަތު

އިޒްރޭލުގެ ސިފައިން އެ ޢަސްކަރިއްޔާގެ އެހެން ސިފައިންނަށް ޖިންސީ ފުރައްސާރަކުރާކަމުގެ ތުހުމަތު

އިޒްރޭލުގެ ސިފައިން އެ ޢަސްކަރިއްޔާގެ އެހެން ސިފައިންނަށް ޖިންސީ ފުރައްސާރަކުރާކަމުގެ ތުހުމަތު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލް އަސްކަރިއްޔާގެ ޔުނިޓުތަކުގައި ތިބި ހަގު ސިފައިންނަށް ޖިންސީ ގޯނާކޮށް، ބިރުދެއްކުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އެ އަސްކަރިއްޔާގެ 7 ސިފައިން ބަންދުގައި ބަހައްޓަން އިޒްރޭލްގެ މިލިޓަރީ ކޯޓަކުން ނިންމައިފިއެވެ.

ޔެދިއޯތް އަހަރޯނޯތް ނޫހުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މި ސިފައިން އިތުރު 6 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މި ސިފައިންނަކީ އިޒްރޭލް އެއަރ ފޯސްގެ އެރޯ މިސައިލް ޑިފެންސް ޔުނިޓުގައި މަސައްކަތްކުރާ ބައެކެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ އެހެން ސިފައިންނަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ހިންގުނު އިންޓަރނަލް ތަޙުޤީޤުތަކަކަށް ފަހު އަންގާރަ ދުވަހުއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ކުށްތައް ހިންގާފައިވަނީ ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި 'ސީނިއަރިޓީ ގޭމްސް' ގެ ނަމުގައެވެ. އަދި މި ޢަމަލުތައް ގިނަ ހަފްތާތަކަކަށް ދެމިގެން ގޮސްފައިވާއިރު، ލިވާޠުގެ ޢަމަލުތައްވެސް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.

މިލިޓަރީ ފުލުހުން މިހާރު ދަނީ މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދަމުންނެވެ. ނަމަވެސް އިޒްރޭލްގެ އަސްކަރިއްޔާއިން މި މައްސަލައާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޓެގް

އިޒްރޭލު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.