ޒަކާތު ފަންޑުން މި އަހަރުގެ މިހާތަނަށް ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 8.4 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.
ޒަކާތު ހައުސްއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް 590 މީހަކަށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ޒަކާތު ހައުސްއިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ ފައިސާ ޚަރަދުކޮށްފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށެވެ. އެގޮތުން 2.3 މިލިއަން ރުފިޔާ ވަނީ ކެންސަރު ބަލީގެ ފަރުވާއަށް ހޭދަކޮށްފައެވެ.
މި އަހަރުގެ މިހާތަނަށް ބޭސްފަރުވާއަށް ޚަރަދުކޮށްފައިވާ ގޮތުގެ ތަފްޞީލް:
ޖެނުއަރީ މަހު - 761,287.50 ރުފިޔާ
ފެބްރުއަރީ މަހު - 759,128 ރުފިޔާ
މާރިޗު މަހު - 847,278.50 ރުފިޔާ
އޭޕްރީލް މަހު - 1.1 މިލިޔަން ރުފިޔާ
މެއި މަހު - 3.9 މިލިޔަން ރުފިޔާ
ޖޫން މަހު - 1.1 މިލިޔަން ރުފިޔާ
ބޭސްފަރުވާގެ އިތުރުން، ޒަކާތު ފަންޑުން އެހެނިހެން ދާއިރާތަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިގޮތުން ފަޤީރުންނާއި މިސްކީނުންނަށް ޟަރޫރީ އެހީގެ ގޮތުގައި 110،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ އަދި ޢާމިލުންގެ ބައިން 4.2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އަދި ފީސަބީލިﷲ ބައިން ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާންގެ ޢިލްމު ފެތުރުމަށް 2.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް 1.66 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

















advertisment
ޚިޔާލު