ރާއްޖޭގެ ޚަބަރު ޑރ. ޔޫސުފުލް ގަރްޟަވީގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކުރުން މާދަމާ

ޑރ. ޔޫސުފުލް ގަރްޟަވީގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކުރުން މާދަމާ

ޑރ. ޔޫސުފުލް ގަރްޟަވީގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކުރުން މާދަމާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދީނީ އިލްމުވެރިޔާ ޑރ. ޔޫސުފުލް ގަރްޟަވީގެ މައްޗަށް ރާއްޖޭގައި މާދަމާ ހުކުރު ނަމާދަށްފަހު ޣައިބަށް ކަށު ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް، މާދަމާ ހުކުރު ނަމާދަށްފަހު، ގަރްޟަވީގެ މައްޗަށް ޣައިބުގައި ކަށު ނަމާދު ކުރަން ހަމަޖައްސާފައިވާތީ ހުކުރުކުރާ ހުރިހާ މިސްކިތްތަކެއްގައި އެ އިންތިޒާމް ހަމަޖައްސަން އެދޭ ކަމަށެވެ.

ގަރްޟަވީ ވަރަށް ގިނަ ފޮތްތަކެއް ލިޔުއްވާފައިވާއިރު، އޭނާ ލިޔުއްވި ވަރަށް ގިނަ ފޮތްތައް ވަނީ ވަރަށްބޮޑަށް މަޝްހޫރުވެސް ވެފައެވެ. އަދި އެކި ބަސްބަހަށް ތަރުޖަމާ ވެސް ކޮށްފައިވެ އެވެ.

މިސްރަށް އުފަންވެ ވަޑައިގަތް ނަމަވެސް، އޭނާ އަވަހާރަވުމާ ހަމައަށް ގަތަރުގައި އުޅުއްވި ގަރްޟަވީ ވަނީ ގަތަރުގެ ޔުނިވަރސިޓީގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. އޭނާ އެ ގައުމުގެ ރައްޔިތަކަށް ވެވަޑައިގެންފައިވާއިރު، 2013 ވަނަ އަހަރު މިސްރުގެ ވެރިކަން ބަދަލުވިފަހުން އޭނާ އެ ގައުމަށް ވަޑައެއްނުގަންނަވަ އެވެ.

މިސްރުގެ ދީނީ އިލްމުވެރިޔާ އުމުރުފުޅުން 96 އަހަރުގައި އަވަހާރަވީ ގަތަރުގައި މި ހަފްތާގަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.