އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިޞާބު ދަށް ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަ ކުރައްވާފައިވާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6396.25 ރުފިޔާ ކަމަށެވެ.
މިއީ ކުރީގެ ނިޞާބަށްވުރެ 844.90 ރުފިޔާގެ މަދު މިންވަރެކެވެ.
މި އަހަރުގެ މާޗް މަހު ކަނޑައަޅާފައިވާ މުދަލު ޒަކާތުގެ ނިޞާބަކީ 7241.15 ރުފިޔާއެވެ.
އެހެން ޤައުމުތަކާ ޚިލާފަށް ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ވެސް ބަދަލު ވެއެވެ.
ޒަކާތަކީ އިސްލާމްދީނުގެ ތިންވަނަ ރުކުނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...