ރާއްޖޭގެ ޚަބަރު އަރަބި ބަސް ކިޔަވައިދިނުން ހަރުދަނާކުރެވިދާނެ ގޮތްތައް ދެނެގަތުމަށް ސެމިނާއެއް ފަށައިފި

އަރަބި ބަސް ކިޔަވައިދިނުން ހަރުދަނާކުރެވިދާނެ ގޮތްތައް ދެނެގަތުމަށް ސެމިނާއެއް ފަށައިފި

އަރަބި ބަސް ކިޔަވައިދިނުން ހަރުދަނާކުރެވިދާނެ ގޮތްތައް ދެނެގަތުމަށް ސެމިނާއެއް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރަން މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

މިސެމިނާއަކީ ދިވެހިރާއްޖޭގައި ޢަރަބި ބަސް އުނގެނުމާއި އުނގަންނައިދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އިސެސްކޯގެ ފަންނީ ލަފާފުޅުގެ އަލީގައި، ދިވެހިރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުން މިހާރަށްވުރެ ހަރުދަނާކުރެވިދާނެ ގޮތްތައް ދެނެގަތުމަށް، އިލްމް އިންސްޓިޓިއުޓްއާއި އިސެސްކޯއާ ގުޅިގެން ބާއްވާ ޚާއްސަ ސެމިނާއެވެ.

މި ސެމިނަރގައި، ދިވެހިރާއްޖޭގައި ޢަރަބި ބަސް ކިޔަވައިދިނުމުގައި ޝާމިލުވާ 9 މުއައްސަސާއަކުން، ޖުމްލަ 30 ބޭފުޅުން ބައިވެރިވެއެވެ. އޭގެ ތެރޭގައި މުއައްސަސާތަކުގެ އިސްވެރިންނާއި ފެކަލްޓީތަކުގެ ޑީނުންނާއި ޕްރިންސިޕަލުންނާއި ލެކްޗަރަރުންނާއި މުދައްރިސުންނާއި ދަރިވަރުންވެސް ހިމެނެއެވެ. މި ޕްރޮގްރާމް 4 ދުވަހުގެ މުއްދަތަށް ކުރިޔަށްދާނެއެވެ.

މަސައްކަތު ބައްދަލުވުމުގައި އަރަބި ބަސް ކިޔަވައިދޭ ނުވަ އިންސްޓްޓިއުޝަންގެ ބޭފުޅުން ބައިވެރިވެލައްވައެވެ. އެގޮތުން ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ލެކްޗަރާއިން ނާއި ދަރިވަރުން ވެސް އެ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެއެވެ.

މަސައްކަތު ބައްދަލުވުން އަންނަ އާދިއްތަ ދުވަހާ ހަމައަށް އިސްލާމީ މަރުކަޒުގެ ހޯލުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.