ރާއްޖޭގެ ޚަބަރު އައިޔޫއެމް އާއި އިންޑިއާގެ އަލީގަޅް މުސްލިމް ޔުނިވަސިޓީއާ ދެމެދު އަހުދު ނާމާއެއް

އައިޔޫއެމް އާއި އިންޑިއާގެ އަލީގަޅް މުސްލިމް ޔުނިވަސިޓީއާ ދެމެދު އަހުދު ނާމާއެއް

އައިޔޫއެމް އާއި އިންޑިއާގެ އަލީގަޅް މުސްލިމް ޔުނިވަސިޓީއާ ދެމެދު އަހުދު ނާމާއެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީ ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި އިންޑިއާގެ އަލީގަޅް މުސްލިމް ޔުނިވަސިޓީއާ ދެމެދު އަހުދު ނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

އައިޔޫއެމްގައި ވާޗްއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. އަލީގަޅް މުސްލިމް ޔުނިވަސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަސިޓީގެ ރެޖިސްޓަރާ އަބްދުލް ހާމިދެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވަސިޓީގެ ދެމުގައި އިލްމީ ކަންކަމާއި، ތަމްރީނާއި ދިރާސާތައްކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށް ދެވޭނެ އެވެ.

މީގެ އިތުރުން ދަރިވަރުންނާއި މުވައްޒަފުންގެ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާއި ޓްރެއިނިން ސެޝަންތަކާއި ސެމިނާތައް ގުޅިގެން ހިންގުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ. އަދި ދެ ޔުނިވަސިޓީ ގުޅިގެން ރިސާޗް ޕްރޮޖެކްޓްތައް ހިންގުން ވެސް ހިމެނެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.