ރާއްޖޭގެ ޚަބަރު ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ޤުރުއާނުގެ ކުށްތައް ރަނގަޅުކުރުމަށް ޚާއްޞަ ކޮމިޓީއެއް

ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ޤުރުއާނުގެ ކުށްތައް ރަނގަޅުކުރުމަށް ޚާއްޞަ ކޮމިޓީއެއް

ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ޤުރުއާނުގެ ކުށްތައް ރަނގަޅުކުރުމަށް ޚާއްޞަ ކޮމިޓީއެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްކޫލް ދަރިވަރުންގެ ފޮތްތަކުގައި ހުރި ޤުރުއާނުގެ ކުށްތަށް ރަނގަޅުކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ކުށްހުރިތޯބަލައި ފާސްކުރާ ކޮމެޓީ ގެ ނަމުގައި އެކުލަވާލި ކޮމިޓީގެ މެންބަރުންނާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ބައްދަލު ކުރައްވާފައިވާކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެގޮތާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި ޗާޕްކުރެވޭ ހުރިހާ ފޮތްތަކެއްވެސް އެ ކޮމިޓީން ބަލާނެކަމަށެވެ.

ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ކުށްހުރިތޯބަލައި ރަނގަޅުކުރުމަށް އެކުލަވާލި ކޮމިޓީގެ ޗެއަރ އަކީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ހާފިޡް ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްއެވެ. ކޮމިޓީގެ ވައިސް ޗެއަރ އަކީ އައްޝައިޚް މުޙައްމަދު ލަޠީފްއެވެ. ދެން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އައްޝައިޚް ނަޞްރުﷲ ޢަލީއާއި، އައްޝައިޚް އަލްޙާފިޡް އިބްރާހީމް ރަޝީދު ޙަސަންއާއި، އައްޝައިޚް އަލްޙާފިޡް އަޙްމަދު ޝަފީޤްއާއި، އައްޝައިޚް އަލްޙާފިޡް ޢަލީ ނަޖީބާއި، އަލްޙާފިޡް ޢަބްދުﷲ މަސްޢޫދެވެ.

އިސްލާމިކް މިނިސްޓްރީން ބުނީރާއްޖޭގައި ޗާޕްކުރެވޭ ހުރިހާ ފޮތެއްގައިވެސް ޤުރުއާނުގެ އާޔަތްތައް ހުރިތޯ ޤަވާއިދުން ބަލަމުން ދާނެކަމަށެވެ.

ފޮތްތަކުގައި ޤުރުއާނުގެ އާޔްތަތައް ބަލައި ކުށްފިލުވުމަށް ޙާއްޞަ ކޮމިޓީއެއް އެކުލަވާލާފައިވާއިރު، ރާއްޖޭގެ ބައެއް ގްރޭޑްތަކުގެ ދަރިވަރުންގެ ފޮތް ޕްރިންޓުކުރިއިރު ބައެއް އާޔަތްތައް އެކުވެފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.