ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ދުނިޔޭގައި ޙާސިލުވެގެންދާ ކޮންމެ ނިޢުމަތަކީވެސް ކޮންމެވެސް ގޮތަކުން ވަކިވެގެންދާނެ އެއްޗެއް: މުފްތީ މެންކް

Dua Kurumun Hinmavaa Nudhevva Vaane Kameh Neii: Mufthi Menk

ދުނިޔޭގައި ޙާޞިލުވެގެންދާ ކޮންމެ ނިޢުމަތަކީވެސް ކޮންމެވެސް ގޮތަކުން ވަކިވެގެންދާނެ އެއްޗެއް ކަމަށް އިސްމާޢީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް މިހެން ވިދާޅުވެފައި ވަނީ ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ﷲ ތަޢާލާ އިންސާނުންނަަށް ދެއްވާފައިވާ ނިޢުމަތްތަކާއި މެދު ޢަމަލުކުރާ ގޮތް އިމްތިހާނު ކުރެވޭނެކަމުގައެވެ. އަދި ހަމަ އެހެންމެ ނިޢުމަތެއް ދެއްވައިފިނަމަ ކޮންމެ ވަގުތެއްގައިވެސް އަނބުރާ ގެންދަވާނެކަން ޤަބޫލުކުރަން ޖެހޭކަމުގައެވެ. އަދި އަބަދުވެސް އެކަމަށް ތައްޔާރުވާންޖެހޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެންމެ ދުވަހަކުވެސް ދެރަވާން ނުޖެހި، ކޮންމެ ދުވަހަކުވެސް އުފާވެރިކަން ލިބިގަތުމަށްޓަކައި، ތިބާއާއި ﷲ ތަޢާލާ އާއި ދެމެދުގައި ވަރަށް ހަރުދަނާ ގުޅުމެއް ޤާއިމުކުރަން ޖެހޭކަމުގައެވެ. އަދި ކޮންމެ ދުވަހަކުވެސް އެ ގުޅުން އިތުރަށް ބަދަހިކުރުމެވެ. އެގޮތުން ތިމާއަށް ހިތްހަމަނުޖެހުމެއް ކުރިމަތި ވެއްޖެނަމަ އެކަން މިންވަރު ކުރެއްވީ ﷲ ތަޢާލާކަން ޤަބޫލުކޮށް ތިމާ ދެރަވާނެ އެއްވެސް ކަމެއް ﷲ ތަޢާލާ މިންވަރު ނުކުރައްވާނެކަން ޤަބޫލުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އަދި ހަމަ އެހެންމެ ނަމާދުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ވާގޮތަށް ނަމާދުކުރުމުގައި ޘާބިތުވުމާއި، ﷲ ތަޢާލާއަށް ގިނަގިނައިން ޒިކުރުކުރުމާއި، ތަޖުވީދުމަގުން ރިވެތި ރާގުތަކަށް ޤުރުއާން ކިޔަވަން މަސައްކަތް ކުރުމާއި، އެފަދަ ހުނަރެއް ނެތް މީހުން އެނގޭފަދައިން ކީރިތި ޤުރުއާން ކިޔެވުން ގިނަކުރުމަކީ ވެސް އުފާވެރިކަން އިތުރުވާނެ ކަންތައްތައް ކަމުގައި ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *