ދަރުސް ޚަބަރު މުޖުތަމަޢުގެ ޢަޤީދާއާއި ދެކޮޅަށް ނުކުތަމަކީ އެ މުޖުތަމަޢެއްގައި އަލިފާން ރޯކޮށްލުން ފަދަ ކަމެއް: ޝެއިޚް ފިކުރީ

މުޖުތަމަޢުގެ ޢަޤީދާއާއި ދެކޮޅަށް ނުކުތަމަކީ އެ މުޖުތަމަޢެއްގައި އަލިފާން ރޯކޮށްލުން ފަދަ ކަމެއް: ޝެއިޚް ފިކުރީ

Mysthakun Ge Fikuraa Kulhelumataka Mi Zamaanuge Vaseelaithakuge Beynun Emme Ragalhu Gothuga Hifamundhey: Sheikh Fikury

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުޖުތަމަޢުގައި ޢަޤީދާއާއި ދެކޮޅަށް ނުކުތުމަކީ އެ މުޖުތަމަޢެއްގައި އަލިފާން ރޯކޮށްލުން ފަދަ ކަމެއް ކަމަށް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައިވަނީ ޖަމިއްޔަތުއްސަލަފުން ބޭއްވި ދަރުސް ސިލްސިލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ އަޅުގަނޑުމެން އިސްލާމްދީން ޤަބޫލުކުރިތާ އެތައް ސަތޭކަ އަހަރެއް ވެއްޖެކަމަށާއި، ނަމަވެސް މިއަދު އަބަދުވެސް އިވިގެން ދަނީ ޙައްޤުތަކުގެ ނަމުގައި އިސްލާމްދީން ދެކެ ރުޅިއަންނަ ބަޔަކު މިބިމުގައި އިސްލާމްދީން އޮތަތީވެ ކަންބޮނޑުވެގެން އުޅޭތަންކަމެވެ.

މީގެ އިތުރުން ޢަދުލު އިންސާފުގެ ނަމުގައި ވަރަށް ރީތި ނަންފިިލާގަނޑުތަކެއް ބޭނުންކޮށްގެން، އެއީ އަޅުގަނޑުމެންގެ ބައެއް ޒުވާނުންނަށް މިއަދު ހީވެފައި އޮންނަނީ ޒަމާނީ ތަރައްގީގެ ތެރެއިން ފެންނަން ހުރި ކަންކަން ކަމެވެ. ނަމަވެސް އަޅުގަނޑުމެން މިއަދު ބަލަންވީ ޢުމަރު ރަޟިޔަ ﷲ ޢަންހު ފަދަ ބޭބޭކަލުންގެ ތާރީޚްގެ ތެރެއަށެވެ. އެކަލޭގެފާނު ވަނީ އެކަލޭގެފާނުގެ ކޮޑުފުޅުގެ މަތީގައި ކާބޯތަކެތި އުފުއްލަވާ ދެއްވާ މުޖުތަމަޢުގެ ހާލުގައި ޖެހިފައި ތިބި، އަޅާލަން ޖެހިފައ ތިބި ނިކަމެތި އަންހެނުންނަށް ކާބޯތަކެތި ފޯރުކޮށްދެއްވިއެވެ.

އަދި ހަމަ އެހެންމެ އެކަލޭގެފާނު މިދުނިޔެ ދުކުރެއްވުމުން އެކަންތައް ހުއްޓުމުން އެމީހުންނަށް މިކަންތައް ކޮށްދެއްމުން ދިޔައީ ކޮންބޭކަލެއްކަން އިނގިގެން ދިޔައެވެ. މިއީ އިސްލާމްދީން ދައްކަމުން ދިޔަ ނަމޫނާއެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.