ރާއްޖޭގެ ޚަބަރު

ޤައުމީ ޔުނިވަރސިޓީ އިސްލާމީ ތަޢުލީމާއި ބީރައްޓެހި ތަނަކަށް ހެދުމަށް އެބަ މަސައްކަތް ކުރޭ: ޑރ އިޔާޡް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އަކީ އިސްލާމީ ތަޢުލީމާއި ބީރައްޓެހި ތަނަކަށް ހެދުމަށް ޙީލަތްތެރި މަސައްކަތް ތަކެއް ކުރަމުން ގެންދާކަމަށް ޑރ މުޙައްމަދު އިޔާޡް ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ އިޔާޡް މިހެން ވިދާޅުވެފައި މިވަނީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ. އެޓްވީޓުގައި ޑރ އިޔާޡް ވިދާޅުވެފައިވަނީ ޤައުމީ ޔުނިވަސިޓީއަކީ އިސްލާމި ތަޢުލީމާއި ބީރައްޓެރި ތަނެއް ކަމުގައި ހެދުމަށް އެތަނުގެ ކައުންސިލާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ހީލަތްތެރި މަސައްކަތްތަކެއް އެބަ ކުރައްވާ ކަމަށެވެ.

ޑރ.އިޔާޒް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ ގައުމީ ޔުނިވަސިޓީ އިސްލާމީ ތަޢުލީމާއި ބީރައްޓެރި ތަނަކަށް ހެދުމަށް ކުރަމުން ގެންދާ ހީލަތްތެރި މަސައްކަތްތައް ހުއްޓުވައި ދިނުމަށް ޑރ.އިޔާޒް ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުން އެދިވަޑައިގެންފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *