ރާއްޖޭގެ ޚަބަރު 11 މަސް ކުރިން ބަންދުކުރެވުނު މާލެ ހުކުރު މިސްކިތް ހުޅުވުމުގެ މަސައްކަތް ކުރިއަށްދަނީ

11 މަސް ކުރިން ބަންދުކުރެވުނު މާލެ ހުކުރު މިސްކިތް ހުޅުވުމުގެ މަސައްކަތް ކުރިއަށްދަނީ

11 Mas Kurin Bandhu Kurevunu Hukuru Miskiyy Hulhuvumuge Masahkaiy Kuriah Dhany

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަރާމާތު ކުރުމަށްޓަކައި މީގެ 11 މަސް ކުރިން ބަންދުކުރެވިފައިވާ ހުކުރު މިސްކިތް ހުޅުވުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން ވިދާޅުވެއްޖެއެވެ.

މިގޮތުން، މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ މިފެށޭ ހަފްތާގައި މިސްކިތް ހުޅުވަން ކަމަށާއި، އެކަމުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އަދި މިހާރު މިސްކިތުގެ ކާޕެޓް ބަދަލުކޮށް ނެވިލޯން އަޅާ ކަތުރުފަނީގެ މައްސަލަވެސް ވަނީ ހައްލުކޮށްފައިކަމަށްވެސް އެބޭފުޅުން ވިދާޅުވެފައިވެއެވެ.

2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ހުކުރު މިސްކިތް ބަންދު ކުރެވިފައިވަނީ އެ މިސްކިތް ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުނެ އެވެ. އޭރު އެދުވަހުގެ ހުކުރު ނަމާދަށް އެތައް ބަޔަކު ގޮސް ތިއްބެވެ. މިސްކިތުން މީހުން ނެރެން މަސައްކަތް ކުރެވުމުން، ބައެއް ބޭފުޅުން އެދުވަހު މިސްކިތުން ނިކުންނެވުމަށް ދެކޮޅު ހައްދަވާ، މިސްކިތުން ނިކުންނެވީ ހުކުރު ނަމާދު ކުރެއްވުމަށް ފަހުއެވެ.

މިދިޔަ މާރޗް މަހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޠާރިގް ވިދާޅުވެފައިވާ ގޮތުގައި ލޮކްޑައުންއަށްފަހު އެހެން މިސްކިތްތައް ހުޅުވާއިރު، ހުކުރު މިސްކިތް ހުޅުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެދުވަހު ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޠާރިޤު ވިދާޅުވެފައިވާ ގޮތުގައި ހުކުރު މިސްކިތް އާބާތުރަ ފިލުވުމަށް ވަނީ މަސައްކަތް ކުރަން ޖެހިފައެވެ. އަދި އެ މަސައްކަތް ކުރާނީ އިންޑިއާ ސަރުކާރުގެ އެހީގައި ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޓެގް

ހުކުރު މިސްކިތް ދީން ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.