އަރަބިދުނިޔެދުނިޔެ

އޮކްޓޫބަރު 4ވަނަ ދުވަހު ދެޙަރަމް ހުޅުވާލަނީ

makkah

މިފެށޭ އޮކްޓޯބަރ މަހުގެ ހަތަރުވަނަ ދުވަހު ދެޙަރަމް ހުޅުވާލާނެކަމަށް ސަޢުދީޢަރަބިއްޔާގެ އިންޓީރިއާ މިނިސްޓްރީ އިން ބުނެފިއެވެ.

ދެޙަރަމް ހުޅުވާލުމާއި އެކު ޢުމްރާގެ އަޅުކަން ކުރުމަށް ހުޅުވިގެންދާ އިރު ޙާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ދެޙަރަމް ހުޅުވާލުމުން އެންމެ ފުރަތަމަ ޢުމްރާ ވުމުގެ ފުރުޞަތު ދޭ ގޮތަށް ހަމަޖައްސައިފައިވަނީ ސަޢުދީގައި ދިރިއުޅޭ ފަރާތްތަކަށެވެ.

ސަޢުދީގައި ދިރިއުޅޭ ފަރާތް ތަކަށް ޢުމްރާ ވުމަށް ހުޅުވައިލާ އިރުވެސް ޢުމްރާވާ މީހާއަކީ ބޮޑުބައްޔެއް ހުރިމީހެއްތޯ ބަލާނެއެވެ. އަދި ޢުމްރާގެ އަޅުކަން ފެށުމުގެ ކުރިން ކޮންމެ މީހަކުވެސް ކޮވިޑަށް ޓެސްޓު ކުރެވޭނެއެވެ.

ޙަރަމް ފުޅުގައި ޢުމްރާގެ އަޅުކަން އަދާ ކުރުމަށް ހުޅުވާލިނަމަވެސް އެކަން ކުރުމަށް ހަމަޖައްސައިފައިވަނީ މަރުޙަލާ ތަކަކަށް ބަހައިލައިގެނެވެ. އެގޮތުން އަޅުކަން އަދާ ކުރެވޭނެ މިހުންގެ ޢަދަދު ވަނީ ލިމިޓް ކޮށްފައެވެ.

އެގޮތުން ފުރަތަމަ މަރުޙަލާގައި ޢުމްރާގެ އަޅުކަން އަދާކުރެވޭނީ ޙަރަމްފުޅުގެ ޖާގައިގެ ތިރީސް އިންސައްތަ ފުރޭވަރަށެވެ. އެއީ 6000އެއްހާ މީހުންނެވެ. އަދި ދެވަނަ މަރުޙަލާގައި 75އިންސައްތަ ޖާގަޔަށް ހުއްދަދޭއިރު އެއީ 15000އެއްހާ މީހުންނެވެ. އަދި މިވަރަށް މީހުންނަށް ޢުމްރާ ކުރުމަށް ޙުއްދަ ދޭނީ އިތުރަށް ޙާލަތު ގޯސްނުވާނަމަ އޮކްޓޯބަރ 18ގައެވެ. އަދި އޭރުން ދުވާލަކު 40000މީހުނަށް ޙަރަމްފުޅުގައި ނަމާދުކުރުމުގެ ހުއްދަދޭނެއެވެ.

ތިންވަނަ މަރުޙަލާގައި 100އިންސައްތަ ޖާގައަށް ޙަރަމްފުޅު ހުޅުވާލިނަމަވެސް ޢުމްރާގެ އަޅުކަން އަދާ ކުރެވޭނީ 20000 މީހުންނަށެވެ. އަދި އެމަރުޙަލާގައި 60000މީހުންނަށް ޙަރަމުގައި ނަމާދުކުރުމަށް ހުޅުވާލާނެއެވެ. މިހާރު ހަމަޖައްސައިފައި އޮތީ ނޮވެމްބަރ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތިންވަނަ މަރުޙަލާގެ ހުއްދަތަށް ދިނުމަށެވެ. ނަމަވެސް ހުއްދަ ދިނުމުގެ ކުރިން ޙާލަތަށް ބަލާނެއެވެ.

ސަޢުދީ ޢަރަބިއްޔާގައި ހަލުވި ކަމާއިއެކު ކޮވިޑް-19 ފެތުރެމުން ދިޔަނަމަވެސް މިހާރު މިވަނި އެޤައުމުގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށްވެސް ދަށްވެފައެވެ. ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން ދިޔައިރު އެޤައުމުން ދުވާލަކު 4000ކޭސް ރިޕޯޓު ކުރަމުން ދިޔައިރު، މިހާރު މިޢަދަދު މިވަނީ ދުވާލަކަށް 1000ވުރެ ދަށަށް ގޮއްސައެވެ. އަދި ދުވަހެއް ދުވަހަކަށް ރިޕޯޓް ކުރެވޭ ކޭސްތަކުގެ ޢަދަދު އަންނަނީ މަދުވަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *