އަރަބިދުނިޔެދުނިޔެ

ސަޢުދީ ޢަރަބިއްޔާގައި ގެއްލިގެން ހޯދަމުން ދިޔަ މީހަކު ސަޖިދައިގައި އަވަހާރަވެފައި އޮއްވާ ފެނިއްޖެ

Saudi Arabiaga Gelligen Hoadhamun Dhiya Myhaku Sajidhaiaga Avahaaravefa Ohva Fenijje

ސަޢުދީ ޢަރަބިއްޔާގައި ގެއްލިގެން ހޯދަމުން ދިޔަ މީހާ ސަޖިދައިގައި އަވަހާރަވެފައި އޮއްވާ ފެނިއްޖެއެވެ.

ސަޢުދީ ގެޒެޓުން މިދިޔަ ޖުލައި މަހު ރިޕޯޓު ކުރައްވާފައިވާ ގޮތުގައި އޭގެ 4 ދުވަސް ކުރިން ގެއްލިގެން ހޯދަމުން ގެންދިޔަ ސަޢުދީ ޢަރަބިއްޔާގެ ރައްޔިތެއް ކަމަށްވާ ޟުޥައިޙީ ޙަމޫދު އަލްޢަޖަލީން ފެނިފައިވަނީ ރިޔާޟުގެ ސަރަޙައްދުގައިވާ ސަހަރާއަކުން ސަޖިދައިގައި އަވަހާރަވެފައި އޮއްވައެވެ.

ދުވައިޙީ ހޯދުމުގައި މަސައްކަތް ކުރި ސަލާމަތީ ޓީމުން އޭނާ ހޯދި މަންޒަރު ދައްކުވައިދޭ ވީޑިޔޯތައް ވަނީ މީސްމީޑިޔާގެ އެކި އޮޅިތަކުގައި ދައުރުވެފައެވެ. އަދި ގިނަ ޢަދަދެއްގެ ބަޔަކު ދަނީ މިވީޑިޔޯތަކުގައި އޭނާއަށް ހެޔޮ ދުޢާކުރަމުންނެވެ. ޟުވައިޙީ ފެނުނު އިރު، އޭނާގެ ކާރުގެ ތެރޭގައި ދަރު ހުރުމުގެ ސަބަބުން، އެނާ މަސައްކަތް ކުރަމުންދިޔައީ ދަރު އެއްކުރުމަށްކަމަށް ދޭހަވާކަމަށް ސަޢުދީ ގެޒެޓުގައި ވިދާޅުވެފައިވެއެވެ.

ޢުމުރުން 40 އަހަރުގެ ޟުވައިޙީ ޙަމޫދު އަލްޢަޖަލީން ރިޔާޟުގެ ވާދީއް ދަވާސިރުގައި ހުންނަ އޭނާގެ ގެއަށް ނައިސް ގެއްލުމުން، ފުލުހުންވަނީ އިންޓެންސިވް ސާރޗެއް ކުރިއަށް ގެންދަވާފައެވެ. މިގޮތުން ސަލާމަތީ ޓީމުތައް ޟުވައިޙީ ހޯދުމަށްވަނީ ސަހަރާ ތެރޭގައި ދުއްވުމުގެ ތެރޭގައި، އޭނާ ފެނިފައިވަނީ އޭނާގެ ކާރާއި ދެތިން މީޓަރު ދުރުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *