ދަރުސް ޚަބަރު އެމީހެއްގެ ޢުމުރު ހެޔޮ ގޮތުގައި ހޭދަ ކޮށްފި ކަމުގައި ވާނަމަ އުފަލާ ހިތް ހަމަ ޖެހުން ލިބޭނެ: ޝެއިޚް އިބްރާހީމް ރަޝީދް

އެމީހެއްގެ ޢުމުރު ހެޔޮ ގޮތުގައި ހޭދަ ކޮށްފި ކަމުގައި ވާނަމަ އުފަލާ ހިތް ހަމަ ޖެހުން ލިބޭނެ: ޝެއިޚް އިބްރާހީމް ރަޝީދް

Emyhegge Umuru Heyo Gothuga Heydha Koffi Kamuga Vaanama Ufalaa Hih Hama Jehun Libeyne: Sheikh Ibrahim Rasheedh

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމީހެއްގެ ޢުމުރު ހެޔޮ ގޮތުގައި ހޭދަ ކޮށްފި ކަމުގައި ވާނަމަ އުފަލާ ހިތް ހަމަ ޖެހުން ލިބޭނެ ކަމަށް އައްޝައިޚް އިބްރާހީމް ރަޝީދް ވިދާޅުވިއެވެ.

ޝެއިޚް މިހެން ވިދާޅުވެފައި ވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫޢުއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ މި ދުނިޔެ ދޫކުރައްވާ ވަޑައިގަތުމުގެ ކުރީގައި އަޅުގަނޑުމެންގެ އުޅުންތައް ބައްޓަން ކުރަން ގޮތްތައް ބަޔާން ކުރައްވާފައި ވެއެވެ. އެއީ އަޅުގަނޑުމެންގެ ދުނިޔެވީ ޙަޔާތުގައި އަޅުގަނޑުމެން އަޅުގަނޑުމެން ޢަމަލުކުރަން ޖެހޭނެ ގޮތާއި، އަޅުގަނޑުމެންގެ އުޚްރަވީ ޙަޔާތުގައި އަޅުގަނޑުމެން ޢަމަލު ކުރަން ޖެހޭނެ ގޮތް ވެސް ވަނީ ބަޔާން ކޮށްދެއްވާފައެވެ.

މީގެ އިތުރުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ޤިޔާމަތް ދުވަހުގައި ކޮންމެ މީހަކަށްވެސް ހަތަރު ސުވާލު ކުރެވޭނެއެވެ. ކޮންމެ މީހަކަށްވެސް ކުރެވޭ ސުވާލުތަކަކީ އެމީހެއްގެ ޢުމުރު ދުނިޔޭގައި ހޭދަ ކުރި ގޮތާއި، ﷲ ތަޢާލާ އަޅުތަކުންނަށް ދެއްވާފައިވާ ހަށިގަނޑާއި ބެހޭ ގޮތާއި، ﷲ ތަޢާލާ އަޅުތަކުންނަށް ދެއްވާފައިވާ ޢިލްމާ ބެހޭ ގޮތުންނާއި، މުދާ ހޭދަކުރި ގޮތާއި ބެހޭ ގޮތުން ސުވާލު ކުރެވޭނެ ކަމަށެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ﷲ ތަޢާލާ ޤިޔާމަތް ދުވަހުގެ ފަސޭހަކަމާއެކު މި ސުވާލުތަކަށް ޖަވާބު ދެވޭނެ މަގު ﷲ ތަޢާލާ މިންވަރު ކޮށްދެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.