ދަރުސް ޚަބަރު ދަރިންނަށް ހަރަދުނުދީ ނުބަލަހައްޓާ މީހުން އެތިބެނީ ﷲ ގެ އަމުރުފުޅަކަށް އަރައިގަނެގެން: މުފްތީ މެންކް

ދަރިންނަށް ހަރަދުނުދީ ނުބަލަހައްޓާ މީހުން އެތިބެނީ ﷲ ގެ އަމުރުފުޅަކަށް އަރައިގަނެގެން: މުފްތީ މެންކް

Dua Kurumun Hinmavaa Nudhevva Vaane Kameh Neii: Mufthi Menk

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދަރިންނަށް ހަރަދުނުދީ ނުބަލަހައްޓާ މީހުން އެތިބެނީ ﷲ ގެ އަމުރުފުޅަކަށް އަރައިގަނެގެން ކަމަށް ޒިމްބާބްވޭގެ މުފްތީ ޢިސްމާޢީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ކައިވެނިކޮށް، އެކުގައި ދިރިއުޅޭނެ އެއްވެސް ގޮތެއް ނުފެނިގެން ވަކިވާންޖެހިއްޖެ ޙާލަތެއްގައި ދެ މީހުންވެސް ސަމާލުކަން ދޭން ޖެހޭނެ ބައެއް ކަންކަން ހުރެއެވެ. އެގޮތުން ފުރަތަމަ ކަމަކީ ކޮންމެފަދަ ކަމެއް މެދުވެރިވެގެން ވަކިވި ނަމަވެސް ދެމީހުންނަކީ ދެ ހަތުރުން ކަމުގައި ނުުވުމާއި، އެކަކު އަނެކަކަށް އެނގޭ ސިއްރުތައް ފަޟީޙަތް ނުކުރުމާއި، ދަރީން ތިބިނަމަ ދަރީންގެ ޙައްޤުތައް ވެސް ފުރިހަމައަށް އަދާކުރުމެވެ.

އެދަރީން ނިކަމެތި ކޮށްލުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު ފާފަ ކަމަށާއި، އަމިއްލަ ދަރިއަކަށް ޚަރަދުނުކޮށް ސަލާންޖަހަން ދޫކޮށްލައިފިނަމަ އެއީ އެތައް ސަތޭކަ ބަޔަކު ނިކަމެތި ކޮށްލުމަށްވުރެ ނުބައި ޢަމަލެއް ކަމަށާއި، އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ދުވަހެއް އަންނާނެ ކަން ޔަޤީން ކަމަށް ވިދާޅުވެފައިވެއެވެ.

އަދި ހަމަ އެހެންމެ މިކަންކަމުގެ އިތުރުން ޢިއްދައިގައި އިންނަ މުއްދަތުގައި ހެޔޮކޮށްހިތައި، އަތްބަކު ފަދައިން ބަލަހައްޓައި އެހީތެރި ވެދޭން ޖެހޭނެ ކަމަށާއި، އެއީ ﷲ ތަޢާލާ ޙަވާލު ކުރައްވަވާފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އެޙައްޤު އަދާނުކޮށްފިނަމަ ޤިޔާމަތް ދުވަހުން ބަދަލު ދޭން ޖެހޭނެ ކަމަށްވެސް ޝެއިޚްގެ ވާހަކައިގައި ވަނީ ބަޔާން ކުރައްވަވާފައެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ މިބުނި ކަންކަން ނުކުރާނަމަ އެމީހާގެ ކިބައިގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަމާއި ތަޤްވާވެރިކަން ނެތްކަން އެނގިގެން ދެއެވެ. އެހެންކަމުން ތަޤްވާވެރި ވުމަށްޓަކައި މިކަންކަން ކުރަންޖެހެއެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.