ޒާދު އެކަޑަމީއިން އެބޭފުޅުންގެ ކޯސްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައްވައިފިއެވެ.
މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު އެބޭފުޅުންގެ ރަސްމީ ފޭސްބުކް ޞަފްޙާގައި އިޢުލާނު ކުރައްވާފައިވާ ކޯސްތަކުގެ ތެރޭގައި ޢަރަބި ލެވްލު 1 އަދި 2 އަދި އެޑްވާންސުގެ ކިލާސްތަކާއި، ޖަނާޒާ ލެވެލު 1 ގެ ކިލާހަކާއި، ޤާރީ ލެވެލްު 1 އަދި 2 ގެ ކޯހަކާއި، އަދި އިމާމު ކަމުގެ ކޯހުގެ ލެވެލު 1 އަދި ޑިޕްލޮމާ ކޯހެއް ހިމެނެއެވެ. މީގެ އިތުރުން 8 އަހަރާއި 13 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ޚާއްޞަ ކުރެވިފައިވާ އޮންލައިން ޤުރުއާން ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތުވެސް އެބޭފުޅުން ހުޅުވާލައްވާފައިވެއެވެ.
ޒާދު އެކަޑަމީގެ ފޭސްބުކުގައި ލިޔުއްވާފައިވާ ގޮތުގައި ކޯވިޑް 19ގެ ޢާލަމީ ވަބާގެ ތެރޭގައި ކޯސްތައް ހިންގެވުމަށް ހަމަޖައްސަވާފައިވަނީ އޮންލައިންކޮށެވެ. ކޯހުގައި ބައިވެރިވެ ވަޑައިގަތުމަށް އެދިލައްވާ ފަރާތްތަކުން އެބޭފުޅުންގެ ފޭސްބުކް ޞަފްޙާގައިވާ ގޫގުލް ފޯރމުގެ ލިންކަށް ވަދެވަޑައިގަތުމުން ފޯމު ފުރުއްވޭނެއެވެ. މިކޯސްތަކާއި ގުޅޭ އިތުރު މަޢުލޫމާތު 9901550 ނުވަތަ 9911550 އިން ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...