ރާއްޖޭގެ ޚަބަރު އުތެމަ ޖަމްޢިއްޔާއާއި އިދިކޮޅަށް ނެއްލައިދޫ ކައުންސިލުން ބަޔާނެއް ނެރުއްވައިފި

އުތެމަ ޖަމްޢިއްޔާއާއި އިދިކޮޅަށް ނެއްލައިދޫ ކައުންސިލުން ބަޔާނެއް ނެރުއްވައިފި

Uthema Jamiyya aai Idhikolhah Nellaidhoo Councilun Bayaaneh Neruvvaifi

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިގެން ހިންގޭ ޖަމްޢިއްޔާއެއް ކަމަށްވާ "އުތެމަ" ޖަމްޢިއްޔާއިން އިސްލާމް ދީނާއި ޚިލާފަށް ރިޕޯޓެއް ނެރެފައިވާ ކަމަށް ވިދާޅުވެ، ނެއްލައިދޫ ކައުންސިލުން އެޖަމްޢިއްޔާއަށް ފިޔަވަޅު އެޅުމަށް ގޮވާލައްވައިފިއެވެ.

ތިލަދުންމަތީ ދެކުނުބުރީގެ ނެއްލައިދޫ ކައުންސިލުގެ މިބަޔާނުގައި ވިދާޅުވެފަިއވާ ގޮތުގައި އުތެމަ ޖަމްޢިއްޔާއިން 22 ޖޫން 2020 އިން 10 ޖުލައި 2020 އަށް ޖެނީވާގައި އޮންނަ ސީޑޯ ކޮމެޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހެޅި ރިޕޯޓުގައި އެމްޑީއެންގެ ރިޕޯޓު ބަލައިގަނެފައެވެ. އަދި އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ދީނީގޮތުން ހައްދު ފަހަނައަޅައި ދިއުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ހަޤީޤަތާއި ޚިލާފަށް އެކުލަވާލާފައިވާ ކަންކަން ސަރުކާރުން ބަލައިގެނެ، ޢިލްމީ މަންހަޖު އޭގެ މައްޗަށް ބިނާކުރުމަށް ހުށައަޅާފައިވުމަކީ އެކައުންސިލު ނުހަނު ކަންބޮޑުވާ ކަމެއްކަމަށްވެސް އެބޭފުޅުން ފާހަގަ ކުރައްވާފައިވެއެވެ.

"މިކަންކަމަކީ ސައްތައިން ސައްތަ އިސްލާމީ މިދިވެހި ޤައުމުގެ އެއްވެސް މުވާޠިނެއްގެ ކިބައިން ފެނިގެން ވާނޭ ކަންކަމެއް ނޫނެވެ. އަދި މިރިޕޯޓަކީ އިސްލާމީ ރިވެތި އުޞޫލުތައް ދިވެހި ފަސްގަނޑުން ފޮހެލުމަށް ބަޔަކު މީހުން ކުރާ މަސައްކަތުގެ ތެރެއިންވާ ކަމެއްކަން ކަށަވަރެވެ." އެބޭފުޅުން ވިދާޅުވެފައިވެއެވެ.

މިބަޔާނުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެކައުންސިލުން އިސްލާމްދީނަށް ތައުހީނުކޮށް އެދީނުގެ އަސްލު އުސޫލުތަކާއި އަދި ދިވެހިރާއްޖޭގެ ޤާނޫނު ތަކާއި ޚިލާފަށް ކުރެވޭ މިފަދަ ހަޑިމުޑުދާރު ކަންކަން ހުއްޓުވައި ދެއްވައި، މިކަންކަމުގައި ޝާމިލުވާ އެއްމެހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަވައި، ލަސްނުކުރައްވާ ފިޔަވަޅު އަޅުއްވައި ދެއްވުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް އެ ކައުންސިލުން އިލްތިމާސް ކުރާކަމަށެވެ. އަދި މިކަންކަމަށް އިންސާފު ހޯދައި ނުދެވިއްޖެނަމަ މުޖުތަމަޢުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ގެއްލިގެން ހިނގައިދާނޭކަމަށް އެ ކައުންސިލުން ދެކޭކަމުގައި އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޓެގް

ނެއްލައިދޫ ކައުންސިލު އުތެމަ ޖަމްޢިއްޔާ އުތެމަ ދިއިސްލާމް ސަރުކާރު ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.