ރާއްޖޭގެ ޚަބަރު

އަންހެނުން ޙިޖާބުވެ ޢައުރާ ނިވާކުރަން އެންގުމަކީ ޝައިޚުންގެ ބަހެއް ނޫން، އެއީ ﷲ ގެ އަމުރުފުޅެއް! ޝައިޚު އާދަމް ނިޝާން

Anhenun Hijabve Awra Nivakuran Engumaky Sheikhunge Baheh Nun, E ee Allah ge Amurufulheh: Sheikh Adam Nishan

އަންހެނުން ޙިޖާބުވެ ޢައުރަ ނިވާކުރަން އެންގުމަކީ ޝައިޚުންގެ ބަހެއް ނޫން ކަމަށާއި، އެއީ ﷲ ގެ އަމުރުފުޅެއްކަމަށް ޝައިޚު އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.

ޝައިޚު އާދަމް ނިޝާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ދީނީ ކޮންމެ މީހަކަށް ވިޔަސް، މިއިސްލާމީ ދީބުގައި؛ ބަރަހަނާވެ އޮރިޔާންވެ، ބަނގުރާބޮއެ މަސްތުވެ، ޒިނޭކޮށް އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރުމުގެ ޙައްޤެއް ނޯންނާނެއެވެ. އަދި ހަމަ އެފަދައިން ތިމާމެން ބޭނުންހާ ގޮތަކަށް ބިރަކާނުލާ މަޖާކުރަން ވަކާލާތުކޮށް، ﷲ ގެ ވަޙީ ބަސްފުޅު ދޮގުކޮށް އިންކާރުކޮށް އެއީ "މުޑުދާރު" އެއްޗެކޭ ބުނުމުގެ ޙައްޤެއްވެސް ނޯންނާނެއެވެ.

މީގެ ދަލީލެއްގެ ގޮތުން ޝައިޚު ވިދާޅުވެފައިވެއެވެ. މާތް ﷲ ޥަޙީ ކުރައްވާފައިވެއެވެ. يَٰٓأَيُّهَا ٱلنَّبِيُّ قُل لِّأَزۡوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلۡمُؤۡمِنِينَ يُدۡنِينَ عَلَيۡهِنَّ مِن جَلَٰبِيبِهِنَّۚ ذَٰلِكَ أَدۡنَىٰٓ أَن يُعۡرَفۡنَ فَلَا يُؤۡذَيۡنَۗ وَكَانَ ٱللَّهُ غَفُورا رَّحِيما) سورة الأحزاب:59

"އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނު އަންހެންކަނބަލުންނަށް، އެކަނބަލުންގެ ޖިލްބާބުތަކުން (ފޭރާންތަކުން) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެއީ އެކަނބަލުންނަކީ މިނިވަން މުއުމިނު އަންހެން ކަނބަލުންކަން އެނގިގެން ވުމަށާއި، އަދި އެކަނބަލުންނަށް (ފާސިގުންގެ ފަރާތުން) ގޯނާއާއި އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑުވެގެންވާތީއެވެ."

މީގެ އިތުރުން ޝައިޚު ވިދާޅުވެފައިވާ ގޮތުގައި ﷲ ތަޢާލާގެ މިވަޙީ ބަސްފުޅު ދޮގުކޮށް އިންކާރުކޮށް، މިއާޔަތުގައި މިވާ ﷲ ތަޢާލާގެ ވަޙީ ބަސްފުޅަކީ މުޑުދާރު ބަސްފުޅެކޭ ބުނުމަކީ ދީނީ ގޮތުން އެންމެ ބޮޑު އެއްފާފައަށްވުމުގެ އިތުރަށް، މިރާއްޖޭގައި ހެދިފައި އޮތް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރާ ޤާނޫނުގެ ދަށުންވެސް ބޮޑު ކުށެކެވެ. އަދި ހަމަ މިފަދައިން މިފަދަ ފަރާތްތަކާއިމެދު ވަޤުތުން ފިޔަވަޅު އެޅުމަކީ ޤާނޫނު ނެގެހެއްޓުމުގެ ޒިންމާ ބޮލުގައި އެޅިފައިވާ ކޮންމެ ފަރާތެއްގެވެސް ޒިންމާއެއް ކަމަށްވެސް ޝައިޚު ވިދަޅުވެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *