ރާއްޖޭގެ ޚަބަރު

ފަށް ކެނޑުމުގެ ޢަޤުދަކީ ބާޠިލު ޢަޤުދެއް: ޝައިޚު އާދަމް ނިޝާން

Fah Kendumuge Aqdhaky Baathil Aqdheh: Sheikh Adam Nishan

ފަށް ކެނޑުމުގެ ޤަޞްދުގައި ކުރާ ކައިވެނީގެ ޢަޤުދަކީ ބާޠިލު އެއްޗެއް ކަމަށާއި، އެފަދަ ކައިވެނި ޞައްޙަ ނުވާނެކަމަށް އައްޝައިޚު އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.

އައްޝައިޚު އާދަމް ނިޝާން މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ފަށްކެނޑުމުގެ ޢަޤުދަށް ނިސްބަތްކޮށް، އެއީ ކޮންޓްރެކްޓާއި ޚިލާފުކަމެއްކަމަށް މަޖްލިހުގައި ބުނުމާއި ވިދިގެންނެވެ.

މިގޮތުން ޝައިޚު ވިދާޅުވެފައިވާ ގޮތުގައި ފަށް ކެނޑުމަށް އިންނަ މީހާއާއި، އެމީހަކަށްޓަކައި ފަށް ކަނޑައިދެވޭ މީހާއާއި ދެމީހުންނަށްވެސް މާތް ﷲ ލަޢުނަތް ލައްވާކަމަށް މާތް ނަބިއްޔާ ޙަދީޘު ކުރައްވާފައިވެއެވެ.

"އަދި އެގޮތަށް ފަށް ކެނޑުމަށް އެއިން މީހާ ގާތުން ވަރި ވެގެން ކުރީގެ ފިރިމީހާއާއި ކައިވެނި ކުރި ނަމަވެސް ކުރީގެ ފިރިމީހާއާއި އަލުން އެ ކުރާ ކައިވެނި ވެސް ސައްހަ ނުވާނެ." ޝައިޚު އާދަމް ނިޝާން ވިދާޅުވެފައިވެއެވެ.

ޝައިޚު އާދަމް ނިޝާން ފިޔަވާ އެހެނިހެން ބައެއް ޝައިޚުންވެސް ވަނީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، މަޖްލިހުގައި ވާހަކަ ދެކެވިފައިވަނީ ދީނީ ގޮތުން އެކަން އޮތްގޮތް އޮޅޭ ފަދަ ގޮތަކަށެވެ. އަދި ދިވެހިރާއްޖޭގެ އެފަދަ މަޤާމެއްގައި ހުރި މީހަކު މިމޭރުމުން ވާހަކަ ދައްކާފައިވާތީ، އެބޭފުޅުންވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *