ރާއްޖޭގެ ޚަބަރު ދިވެހި ރާއްޖެއާއި ބެހޭ މަޢުލޫމާތު ޢަރަބި ބަހުން ފޯރުކޮށްދޭ މާލްދީފް.ކޮމް ވެބްސައިޓު އިފްތިތާޙް ކޮށްފި!

ދިވެހި ރާއްޖެއާއި ބެހޭ މަޢުލޫމާތު ޢަރަބި ބަހުން ފޯރުކޮށްދޭ މާލްދީފް.ކޮމް ވެބްސައިޓު އިފްތިތާޙް ކޮށްފި!

Dhivehi Raajjeaa Behey Mauloomaathu Arabi Bahun Foarukodhey Maaldif.com Ifthithahu Koffi

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މާލްދީފް ގްރޫޕުގެ ފަރާތުން ޢަރަބި ދުނިޔެއަށް ޚާއްޞަ ކުރެވިގެން ޢަރަބި ބަހުން އުފައްދަވާފައިވާ، ދިވެހި ރާއްޖޭގެ މަޢުލޫމާތު ފޯރުކޯށްދޭ ވެބްސައިޓު މާލްދީފް.ކޮމް ދެންމެ އިފްތިތާޙު ކުރެވިއްޖެއެވެ.

މިއަދު ހަވީރު ކުރިއަށް ދިޔަ މާލްދީފް.ކޮމް ސައިޓު އިފްތިތާޙު ކުރުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މާލްދީފް ގްރޫޕުގެ ޗެއާ ޕާރސަން، ޑރ ޝަހީމު ޢަލީ ސަޢީދު ވިދާޅުވެފައިވާ ގޮތުގައި މާލްދީފް ވެބްސައިޓާއި މާލްދީފް ގްރޫޕްގެ މީސްމީޑިޔާގެ އެންމެހާ އެހެނިހެން އޮޅިތަކުގައި ޢަރަބި ބަހުން އިފްތިތާޙު ކުރުމަކީ ލިބޭ ވަރަށް މަތިވެރި އުފަލެއްކަމަށާއި މި ޕްލެޓްފޯމްތައް ހުޅުވިގެން މިދަނީ ދިވެހިރާއްޖޭގެ ވާހަކަ ޢަރަބި ދުނިޔެއަށް ފޯރުކޮށް ދިނުމަށްކަމަށެވެ. ޝަހީމު އިތުރަށް ވިދާޅުވި ގޮތުގައި ޢަރަބި ބަހަކީ ދުނިޔޭގެ ހަތަރުވަނަ އަށް އެންމެ ގިނަ މީހުން ވާހަކަ ދައްކާ  އުޅޭ ބަހެވެ. އަދި އެއީ ޤައުމުތަކުގެ ނިސްބަތުން ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑަށް ފެތުރިފައިވާ ބަސްކަމަށާއި ގާތް ގަނޑަކަށް ފައްސަތޭކަ މިލިޔަން މީހުން ޢަރަބި ބަހުން ވާހަކަ ދައްކާއުޅޭކަމަށްވެސް ވިދާޅުވެފައިވެއެވެ.

‎"ތިޔަބޭފުޅުންގެ ދިވެހިރާއްޖެއަކީ ޤަދީމީ ޒަމާނުއްސުރެ ޢަރަބިންނާއި ވަރުގަދަ ދެމިގެންވާ ގުޅުމެއް ވާ ޤައުމެއް، މި ގުޅުމުގެ ވަރުގަދަ އަސަރު ދިވެހި ތާރީޚާއި ޘަޤާފަތުގައި ވަނީ ބިންވަޅު ނެގިފަ، ޢަރަބި ބަހަކީ ދިވެހި ބަހުގައި އެބަހެއްގެ އަސަރު އެންމެ ބޮޑަށް ހުރި އެއް ބަސް، ޢަރަބި ލިޔުންތެރިން ފާހަގަކުރައްވާފައިވާ ގޮތުން ދިވެހިރާއްޖެއަކީ ބިންމަތީގައިވާ ސުވަރުގެއެއް، އެއީ ރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ގޮނޑުދޮށްތަކުގެ ނަލަކަމާއި ރާއްޖޭގެ ރައްޔިތުންގެ ރިވެތި އަޚުލާޤުގެ ސަބަބުން." ޑރ ޝަހީމު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޑރ ޝަހީމު ފާހަގަ ކުރައްވާފައިވާ ގޮތުގައި ސީދާ ޢަރަބި ބަހުން މި ޕްލެޓްފޯމްތައް އިފްތިތިޙާކުރުމަކީ މާލްދީފް ގްރޫޕަށް ލިބޭ ނުހަނު ބޮޑު އުފަލެއްކަމަށެވެ.

މާލްދީފް.؛ކޮމް ހިންގަނީ މާލްދީފް ގޫރޫޕް ޕްރައިވެޓް ލިމިޓެޑް އިންނެވެ. މިކުންފުނީގެ ޗެއާރމަންއަކީ ޑރ. ޝަހީމް އެވެ. އެކުންފުނީގެ މެނޭޖިންގ ޑިރެކްޓާރ އަކީ އަލީ އަހްސަން ކަމަށާއި އެކުންފުނީގެ ޑައިރެކްޓަރ އެއްގެ ގޮތުގައި އިބްރާހިމް އަޝްވާގު ހިމެނޭ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

މާލްދީފް.ކޮމް އިފްތިތާޙު ކުރެވުނު ޚަބަރު މިހާރު ވަނީ މިޞްރުގެ މަޝްހޫރު ނޫހެއްކަމަށްވާ މަޞްރާވީ އަށާއި، އަދިވެސް ޢަރަބި ޤައުމުތަކުގެ އެހެނިހެން ނޫސްތަކަށް އަރާފާއެވެ.

ޓެގް

މާލްދީފް ގްރޫޕް ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.