ރާއްޖޭގެ ޚަބަރު

ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް ފުރައްސާރަކުރި އެމްޑީއެން އާއި، ތާއީދުކުރި އުތެމައާއި އިދިކޮޅުވުމަކީ އަންހެނުންނަށް އަނިޔާކުރުމަށް ހިތްވަރު ދިނުމެއްނޫން: ޝައިޚު ސަމީރު

Nabiyya Sallallah Alaihi Wa Sallamah Furassara Kuri MDN aai Thaaeedhu Kuri Uthema aai Dhekolhu Vumaky Anhenunnah Aniya Kuran Hiyy Varu Dhinumeh Nun: Sheikh Sameer

ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް ފުރައްސާރަކުރި އެމްޑީއެން އާއި، އެކަމަށް ތާއީދުކުރި އުތެމައާއި އިދިކޮޅުވުމަކީ އަންހެނުންނަށް އަނިޔާކުރުމަށް ހިތްވަރު ދިނުމެއްނޫންކަމަށް ޝައިޚު ސަމީރު ވިދާޅުވެއްޖެއެވެ.

ޝައިޚު މިހެން ވިދާޅުވެފައިވަނީ އުތެމައާއި، އެމްޑީއެން ފިކުރު އުވާލުމަށް ގޮވާލައްވާ، ޝައިޚުގެ ރަސްމީ ފޭސްބުކް ޞަފްޙާގައި ލިޔުއްވި ޕޯސްޓެއްގައެވެ.

"ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް ފުރައްސާރަކުރި އެމްޑީއެނާއި، އެޖަރީމާއަށް ތާއިދުކުރި، ހަމައެފިކުރުގެ އުތެމަ ޖަމާޢަތާއި ދެކޮޅަށް އަޑުއުފުލުމަކީ ފަހަރެއްގައިވެސް އަންހެނުންނަށް އަނިޔާ ކުރުމަށް ހިތްވަރު ދިނުމާއި، ދީނީ ގޮތުން ޙައްދު ފަހަނަ އަޅާ ދިޔުމެއްނޫނެވެ. އެހެނެއްކަމަކު އެއީ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމާއި، އިސްލާމްދީނަށް ހިތުގައި އޮތް ލޯތްބެއްގެ އަސަރެވެ." ޝައިޚު ވިދާޅުވެފައިވެއެވެ.

ޖަމްޢިއްޔާ އުވާލެވުނުތާ 6 މަސްވާން ގާތްވެފައިވާ އިރުވެސް، އެމްޑީއެން ގެ ރިޕޯޓު ލިޔުނު މީހުންނަށް ފިޔަވަޅު އެޅިފައިނުވާތީ، އެތައް ދީނީ ޢިލްމުވެރިންނާއި، ރައްޔިތުންނެއް ދަނީ ސޯޝަލް މީޑީޔާގައި ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. މީގެ އިތުރުން ތުލުސްދޫ އާއި އުތީމުގެ ކައުންސިލުންވެސް ވަނީ މިރިޕޯޓާއި ދެކޮޅަށް ބަޔާން ނެރުއްވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *