ދަރުސް ޚަބަރު ޒިކުރު ކުރުމަކީ ހުރިހާ ޙާލަތެއްގައި ވެސް ކުރެވިދާނެ ޢަމަލެއް: ޝެއިޚް އިބްރާހީމް ރާފިޢު

ޒިކުރު ކުރުމަކީ ހުރިހާ ޙާލަތެއްގައި ވެސް ކުރެވިދާނެ ޢަމަލެއް: ޝެއިޚް އިބްރާހީމް ރާފިޢު

Zikuru Kurumaky Hurihaa Haalathegaa Ves Kurevi Dhaane Amaleh: Sheikh Ibraahim Raafiu

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޒިކުރު ކުރުމަކީ ހުރިހާ ޙާލަތެއްގައި ވެސް ކުރެވިދާނެ ޢަމަލެއް ކަމަށް ޝެއިޚް އިބްރާހީމް ރާފިޢު ވިދާޅުވެއްޖެއެވެ.

ޝެއިޚް ރާފިޢު މިހެން ވިދާޅުވެފައި ވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިވީޑިއޯގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވީ ނަބިއްޔާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ތިމަން ކަލޭގެފާނު ތިޔަބައިމީހުންނަށް އެންމެ ހެޔޮ ވެގެންވާ ޢަމަލަކީ ކޮބައިކަން ބަޔާންކޮށް ދެއްވަންތޯއެވެ.

އަދި އެޢަމަލަކީ ﷲގެ ޙަޒްރަތުގައި އެންމެ ޠާހިރުކަން ބޮޑުވެގެންވާ ޢަމަލެވެ. ދަރަޖައިގެ ގޮތުން ބެލިޔަސް އެންމެ މަތީ ދަރަޖައިގެ ޢަމަލެކެވެ. ދެން އެއަށްފަހު ޙަދީޘް ކުރައްވަނީ ﷲ ގެ މަގުގައި ރަނާއި ރިހި ހޭދަ ކުރުމަށް ވުރެވެސް އަދި ތިޔަބައިމީހުންގެ ޢަދާވާތްތެރިންނާއި ބައްދަލުވެ އެމީހުންނާއި ތިޔަބައި މީހުން ހަނގުރާމަ ކުރުމަށް ވުރެވެސް އެކަން ހެޔޮކަން ބޮޑުވެގެން ވެއެވެ. އެހިނދު ޞަހާބީން އެއީ ކޮން ކަމެއްތޯ އެއްސެވުމުން ހަދީޘް ކުރެއްވީ އެއީ ﷲ ގެ މަތިން ހަނދުމަކޮށް ޒިކުރު ކުރުމެވެ.

އެހެންކަމުން އަޅުގަނޑުމެން ހުރިހާ ވަގުތެއްގައިވެސް ﷲގެ މަތިން ހަނދުމަކޮށް ޒިކުރުގެ މަތީގައި ތިބުމަށް ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން  ނަސޭހަތްތެރިވެފައިވެއެވެ.

ޓެގް

ދަރުސް ޚަބަރު ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.