ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ނުބައި ހީތަކާ ދުރުވާން ޖެހޭ: ޝެއިޚް ޝުޢައިބު ނާޡިމް

Nubai Heethakaa Dhuruvun: Sheikh Shuaib Naazim

 

ނުބައި ހީތަކާއި ދުރުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޝެއިޚް ޝުޢައިބް ނާޒިމް ވިދާޅުވެއްޖެއެވެ.

ޝެއިޚް ޝުޢައިބް މިހެން ވިދާޅުވެފައި ވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަން އިން ކުރިއަށް ގެންދަވަމުންދާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިވީޑިއޯ ގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވަނީ އަޅުގަނޑުމެން މުސްލިމުން އެކަކު އަނެކަކަށް ބަހައްޓަން ޖެހޭ އަދަބުތަކުގެ ތެރޭގައި އަނެކާ އާއި މެދު ހެޔޮކޮށް ހިތުން ހިމެނެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ފަހެ ތިޔަބައި މީހުން ހީކުރުން ތަކާއި މެދު ރައްކާތެރި ވާށެވެ. ހަމަކަށަވަރުން ބުނެވޭ ބަސްތަކުގެ ތެރެއިން އެންމެ ދޮގުކަން ބޮޑު ވެގެންވާ ކަމަކީ ހީއެވެ. އޭގެ މާނަ އަކީ އަޅުގަނޑުމެންގެ ހިތުތެރޭގައި އެއްވެސް ހެއްކެއް ނުވަތަ ދަލީލެއް ނެތި ކުރެވޭ ތުހުމަތުތައް ކަމެވެ.

އަދިވެސް ވިދާޅުވިއެވެ. މިފަދަ ތުހުމަތުތަކުގެ ސަބަބުން އެތަށް ގިނަ ގުނަ ފާފަތަކަށް އަރައި ގަނެ، އެކަކު އަނެކަކުގެ މެދުގައި ވާ ގުޅުން ކެޑި، އެއްބަނޑު އެއްބަފާ ކަމުގެ ގުޅުން ކެޑި، ރަޙިމުގެ ގުޅުން ކެޑި، އަދި އެކަކު އަނެކަކާ މެދު ޙަސަދަވެރިވެ ޖާސޫސް ކުރުމާއި މިފަދަ އެތަށް އުދަނގޫތަކާއި އިތުރު ފާފަތަކަށް އަރައި ގަނެވިގެން ދެއެވެ. އަދި ހަމަ އެހެންމެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ މިކަން ނަހީ ކުރައްވާފައެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ޝެއިޙް ވިދާޅުވެފައިވަނީ މުސްލިމުން އެކަކު އަނެކަކާ މެދު ހެޔޮކޮށް ވިސްނަން ޖެހޭނެ ކަމަށާއި ހެޔޮކޮށް ވިސްނުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *