ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ހެޔޮ ކަންކަމުގައި މުދާ ހޭދަ ކުރުމަކީ މަރުވުމަށްފަހުވެސް އޭގެ ފައިދާ ކުރާނެ ކަމެއް: ޝެއިޚް ޢައްލާމް

Dheenee Gothun Harukashi Vun Maana Kuran Ingeyny Dheen Ingey Myhunnah: Sheikh Allaam

ހެޔޮ ކަންކަމުގައި މުދާ ހޭދަ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އޭގެ ފައިދާ މަރުވުމަށް ފަހުވެސް ކުރާނެ ކަމެއް ކަމަށް ޝެއިޚް މުހައްމަދު ޢައްލާމް ނަޢީމް ވިދާޅުވެއްޖެއެވެ.

ޝައިޚް ޢައްލާމް މިހެން ވިދާޅުވެފައި ވަނީ ރަބީޢުލް ޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާއެއް ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިވީޑިއޯގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވާ ބަސްފުލެއްގެ މާނައިގައި ވެއެވެ. 3 ކަމެއް ފިޔަވާ އިންސާނާ މަރުވުމަށްފަހު އޭނާގެ ޢަމަލުތަށް އޭނާގެ ކިބައިން މެދު ކެނޑިގެން ދެއެވެ. އަދި 3 ދޮރެއް ފިޔަވައި އޭނާއަށް ޘަވާބު ލިބެން ހުރި ހުރިހާ ދޮރެއް ބަންދުވެގެން ދެއެވެ.

އެގޮތުން ފުރަތަމަ ކަމަކީ ދެމިހުންނަނިވި ޞަދަޤާތެކެވެ. އޭގެ މާނައަކީ އެޞަދަޤާތެއްގެ ފައިދާ ގިނަ ދުވަހަށް ނުވަތަ ދެމިހުންނަނިވި ގޮތަކަށް ދިގު މުއްދަތަކަށް ލިބޭ ސަދަޤާތެކެވެ. މިސާލަކަށް މިސްކިތެއް ބިނާ ކުރުމަށް ތިމާގެ މުދަލުން ހޭދަ ކޮށްފިނަމަ އެމިސްކިތުގައި މީސްތަކުން ނަމާދުކޮށް އެމިސްކިތުގައި ފައިދާ ޙާޞިލު ކުރާހާ ހިނދަކު ތިމާ މަރުވި ކަމުގައި ވިނަމަވެސް އޭގެ ޘަވާބު ލިބެމުން ދާނެއެވެ.

ދެވަނަ ކަމަކީ ފައިދާ ހުރި ޢިލްމެކެވެ. އެގޮތުން ތިމާ އަށް ލިބިފައިވާ އިލްމަކުން އެހެން މީހުންނަށް ފައިދާ ކުރާނެ ގޮތަކަށް އެމީހުންނަށް އެޢިލްމު އުނގަންނައި ދިނުމެވެ. ނުވަތަ މީހަކަށް އަޅުކަމެއް ކުރަން ދަސްކޮށްދިނުން، ޤުރްއާން ކިޔަވަން ދަސްކޮށްދިނުން ނުވަތަ އެހެންވެސް ފައިދާ ހުރި ކަމެއް ކުރަން ދަސްކޮށްދިނުމެވެ. ތިން ވަނަ ކަމަކީ ތިމާއަށް ހެޔޮ ދުއާ ކޮށްދޭނެ ޞާލިޙް ދަރިއެކެވެ.

ޝެއިޚް ގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ޝެއިޚް ގެ ދުޢާ އަކީ އަޅުގަނޑުމެންނަށް މިފަދަ ހެޔޮ ކަންކަން ކުރުމުގެ ހެޔޮ ތައުފީޤް ﷲ މިންވަރުކޮށް ދެއްވުމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *