ކޮލަމިސްޓްދީނީ ލިޔުން

ނަބީބޭކަލުންގެ ވާހަކަ: ނޫޙު ޢަލައިހިއްސަލާމް (8 ވަނަ ބައި)

ބިމުގައި ފަސާދަ ޢާންމުވެ ބަލާތައް އިތުރުވެ ބުދަށް އަޅުކަންކުރަން ފެށުމުން މާތް اﷲ އެކަލާނގެ އަޅާ އަދި ރަސޫލާ ނޫޙުގެފާނު ރަސޫލުކަމާއިގެން ފޮނުއްވިއެވެ. އެއީ މީސްތަކުންނަށް މާތް اﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށް ގޮވާލެއްވުމަށާއި، މާތް اﷲ ފިޔަވައު އެމީހުން އަޅުކަންކުރަމުންދާ ތަކެއްޗަށް އަޅުކަން ކުރުން ނަހީ ކުރެއްވުމަށެވެ. ބިމުގެ އަހުލުވެރިންގެ ގާތަށް އެންމެ ފުރަތަމަ ފޮނުއްވި ރަސޫލަކީ ނޫޙުގެފާނެވެ. ޙަދީޘް ޝަފާޢާގައި މިވާހަކަ ވަނީ ބަޔާން ކުރައްވައިފައެވެ. އަބޫހުރައިރާ ކީރިތި ރަސޫލާގެ އަރިހުން ރިވާ ކުރެއްވިކަމަށް ޞަޙީޙައިނި ގައި ބަޔާންވެގެން ވެއެވެ.

« فَيَأْتُونَهُ فَيَقُولُونَ: يَا آدَمُ أَنْتَ أَبُو البَشَرِ، خَلَقَكَ اللَّهُ بِيَدِهِ، وَنَفَخَ فِيكَ مِنْ رُوحِهِ، وَأَمَرَ المَلاَئِكَةَ فَسَجَدُوا لَكَ، وَأَسْكَنَكَ الجَنَّةَ، أَلاَ تَشْفَعُ لَنَا إِلَى رَبِّكَ، أَلاَ تَرَى مَا نَحْنُ فِيهِ وَمَا بَلَغَنَا؟ فَيَقُولُ: رَبِّي غَضِبَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ، وَلاَ يَغْضَبُ بَعْدَهُ مِثْلَهُ، وَنَهَانِي عَنِ الشَّجَرَةِ فَعَصَيْتُهُ، نَفْسِي نَفْسِي، اذْهَبُوا إِلَى غَيْرِي، اذْهَبُوا إِلَى نُوحٍ، فَيَأْتُونَ نُوحًا، فَيَقُولُونَ: يَا نُوحُ» މާނައީ:" އާދަމުގެފާނުގެ އަރިހަށް އައިސް އެމީހުން ދަންނަވާނެއެވެ. އޭ އާދަމުގެފާނެވެ. އިންސާނުގެ ބަފަޔަކީ ކަލޭގެފާނެވެ. އެކަލާނގެ ކުޅަދުންވަންތަކަމުން ކަލޭގެފާނު ހެއްދެވިއެވެ. އަދި އެކަލާނގެ ރޫޙުފުޅުން ފުރާނަ އެޅުއްވިއެވެ. އަދި މަލާއިކަތުންނަށް ކަލޭގެފާނަށް ސަޖިދަ ކުރުމަށް އަމުރު ކުރެއްވިއެވެ. އަދި ކަލޭގެފާނަށް ސުވަރުގެއިން ޖާގަ ދެއްވިއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި އަހަރެމެންގެ ޙާލާ މެދު ޝަފާޢަތްތެރި ވެވެޑައިގަންނަވަން ވީނޫންތޯއެވެ؟ އަހަރެމެންގެ މިތިބަ ޙާލަތު ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. އާދަމުގެފާނު ވިދާޅުވާނެއެވެ. މާތް الله އޭގެ ކުރިންވެސް އަދި ފަހުން ވެސް ކޯފާ ވެވޮޑިނުގަންވާވަރަށް ކޯފާވެވޮޑިގަތެވެ. ތިމަންކަލޭގެފާނަށް ގަހާ ކައިރިވުން މަނާ ކުރެއްވިއެވެ. ނަމަވެސް ތިމަންކަލޭގެފާނު އެ އަމުރުފުޅަށް އުރެދުނީމެވެ. ތިމަން ކަލޭގެފާނުގެ ނަފުސެވެ. ތިމަން ކަލޭގެފާނުގެ ނަފުސެވެ. ތިޔަބައިމީހުން އެހެން މީހެއްގެ ގާތަށް ދާށެވެ. ތިޔަބައިމީހުން ނޫޙުގެފާނުގެ އަރިހަށް ދާށެވެ. މީސްތަކުން ނޫޙުގެފާނުގެ އަރިހަށް ދާނެތެވެ. އެމީހުން ދަންނަވާނެއެވެ. އޭ ނޫޙުގެފާނެވެ."

فَيَقُولُونَ: يَا نُوحُ، أَنْتَ أَوَّلُ الرُّسُلِ إِلَى أَهْلِ الأَرْضِ، وَسَمَّاكَ اللَّهُ عَبْدًا شَكُورًا، أَمَا تَرَى إِلَى مَا نَحْنُ فِيهِ، أَلاَ تَرَى إِلَى مَا بَلَغَنَا، أَلاَ تَشْفَعُ لَنَا إِلَى رَبِّكَ؟ فَيَقُولُ: رَبِّي غَضِبَ اليَوْمَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ، وَلاَ يَغْضَبُ بَعْدَهُ مِثْلَهُ، نَفْسِي نَفْسِي» އެމީހުން ދަންނަވާނެއެވެ. އޭ ނޫޙުގެފާނެވެ." ބިމުގެ އަހުލުވެރިންގެ ގާތަށް އެންމެ ފުރަތަމަ ފޮނުއްވުނު ރަސޫލަކީ ކަލޭގެފާނެވެ. މާތް الله ކަލޭގެފާނަށް ދެއްވައިފައިވަނީ ޝުކުރުވެރިވާ އާޅާގެ ނަމެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި އަހަރެމެންގެ ޙާލާ މެދު ޝަފާޢަތްތެރި ވެވެޑައިގަންނަވަން ވީނޫންތޯއެވެ؟ އަހަރެމެންގެ މިތިބަ ޙާލަތު ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. ނޫޙުގެފާނު ވިދާޅުވާނެއެވެ. މާތް الله އޭގެ ކުރިންވެސް އަދި ފަހުން ވެސް ކޯފާ ވެވޮޑިނުގަންވާވަރަށް އެދުވަހު ކޯފާވެވޮޑިގަތެވެ. ތިމަން ކަލޭގެފާނުގެ ނަފުސެވެ. ތިމަން ކަލޭގެފާނުގެ ނަފުސެވެ."

މާތް الله ނޫޙުގެފާނު ރަސޫލުކަމާއިގެން ފޮނުއްވުމުން، މީސްތަކުންނަށް ހަމައެކަނި މާތް الله އަށް އަޅުކަން ކުރުމަށާއި އެކަލާނގެއަށް ޝަރީކު ނުކުރުމަށް ގޮވާލެއްވިއެވެ. އެކަލާނގެ އާއެކު ބުދަށް ނުވަތަ ހިލައިންނާއި އެނޫންވެސް އެއްޗަކުން ހަދާފައިވާ ތަކެއްޗަށް އަޅުކަން ނުކުރުމަށް އަމުރު ކުރެއްވިއެވެ. އަދި ޠާޣޫތަށް ވެސް އަޅުކަން ނުކުރުމަށް ގޮވާލެއްވިއެވެ. މާތް الله ގެ އެއްކައުވަންތަކަމަށް އިޢުތިރާފުވުމަށް އެމީހުންނަށް ގޮވައިލެއްވިއެވެ. އެކަލާނގެ އާއި އެއްފަދަ އެހެން ފަރާތެއް ނުވާކަން ހާމަކޮށްދެއްވިއެވެ. އަދި މާތް الله ނޫޙުގެފާނަށް އެކަލޭގެފާނުގެ ފަހުން ފޮނުއްވާ ރަސޫލުންނަކީ އެކަލޭގެފާނުގެ ދަރިކޮޅު ބޭކަލުން ކަމުގައި އެންގެވިއެވެ. މިކަން ބަޔާން ކުރައްވައި ވަޙީ ކުރައްވައިފައިވަނީ މިފަދައިންނެވެ. ﴿وَجَعَلْنَا ذُرِّيَّتَهُ هُمُ الْبَاقِينَ﴾ އަދި ދެންތިބި ބަޔަކީ، އެކަލޭގެފާނުގެ ދަރިކޮޅުކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ."

އިބުރާހީމުގެފާނާއި ބެހޭގޮތުން ވަޙީ ކުރައްވައިފައިވަނީ މިފަދައިންނެވެ. ﴿ وَلَقَدْ أَرْسَلْنَا نُوحًا وَإِبْرَاهِيمَ وَجَعَلْنَا فِي ذُرِّيَّتِهِمَا النُّبُوَّةَ وَالْكِتَابَ فَمِنْهُم مُّهْتَدٍ وَكَثِيرٌ مِّنْهُمْ فَاسِقُونَ ﴾ އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނާއި إبراهيم ގެފާނު رسول ކަމާއިގެން ފޮނުއްވީމެވެ. އަދި އެ ދެ رسول ންގެ ދަރިކޮޅުގައި ނަބީކަމާއި (ބާވައިލެއްވި) ފޮތްތައް ލެއްވީމެވެ." ނޫޙުގެފާނަށްފަހު ފޮނުއްވާ ރަސޫލުންނަކީ އެކަލޭގެފާނުގެ ދަރިކޮޅު ބޭކަލުން ކަމުގައި އެންގެވިއެވެ. އަދި ހަމައެފަދައިން އިބުރާހީމުގެފާނުގެ ދަރިކޮޅުގައި ވެސް ނަބީކަމާއި ރަސޫލުކަން ލެއްވިއެވެ.

މާތް الله ވަޙީ ކުރައްވައިފައިވެއެވެ. ﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ﴾ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްމެ رسول އަކު ފޮނުއްވީމެވެ. އެއީ، اللَّه އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ!" އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ. ﴿ وَاسْأَلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَا أَجَعَلْنَا مِن دُونِ الرَّحْمَـٰنِ آلِهَةً يُعْبَدُونَ ﴾ އަދި ތިމަންރަސްކަލާނގެ رسول ންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ ފޮނުއްވި رسول ންކުރެން އައްސަވާށެވެ! (އެބަހީ: އެބޭކަލުންގެ شريعة ން ބައްލަވާށެވެ!) رحمن ވަންތަ ރަސްކަލާނގެ މެނުވީ، އަޅުކަންވެވޭ އެހެން إله ންތަކެއް ތިމަންރަސްކަލާނގެ ލެއްވިންހެއްޔެވެ؟" އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ. ﴿وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدُونِ﴾ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ إله އަކު ނުވާކަމަށް އެބޭކަލަކަށް وحى ނުކުރައްވާ އެއްވެސް رسول އަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ!"

އެހެންކަމުން ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުނަށް ވިދާޅުވިއެވެ. ﴿اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ ﴾ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. " އަދިވެސް ޤައުމުގެ މީހުންނާއި މުޚާޠަބު ކުރައްވައި ވިދާޅުވެފައިވެއެވެ. ﴿ أَن لَّا تَعْبُدُوا إِلَّا اللَّـهَ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ أَلِيمٍ﴾ اللَّه އަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުރާހުށިކަމެވެ! ހަމަކަށަވަރުން ވޭންދެނިވި ދުވަހެއްގެ عذاب އަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ." އަދިވެސް ޤައުމުގެ މީހުންނާއި މުޚާޠަބު ކުރައްވައި ވިދާޅުވެފައިވެއެވެ. ﴿ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ أَفَلَا تَتَّقُونَ ﴾ ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށޭ އަންގަވަމުންނެވެ. އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوى ވެރި ނުވަނީހެއްޔެވެ؟ ﴿سورةالمؤمنون32﴾ އަދިވެސް ޤައުމުގެ މީހުންނާއި މުޚާޠަބު ކުރައްވައި ވިދާޅުވެފައިވެއެވެ. ﴿ يَا قَوْمِ إِنِّي لَكُمْ نَذِيرٌ مُّبِينٌ﴾ އޭ، އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންނަށް ބަޔާންވެގެންހުރި إنذار ކުރާ މީހަކީމެވެ. ﴿ أَنِ اعْبُدُوا اللَّـهَ وَاتَّقُوهُ وَأَطِيعُونِ﴾ (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންވާށެވެ!"

ބަޔާންވެގެންވާ ގޮތުގައި ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ތަފާތު ގޮތްގޮތަށް ދީނަށް ގޮވާލައްވަމުން ގެންދެވިއެވެ. ރޭގަނޑެއް ދުވާލެއް ބެއްލެވުމެއްނެތިއެވެ. ސިއްރާއި ފައުޅުގައެވެ. ލޯތްބާއި އޯގާތެރިކަމާއެކުގައެވެ. އަދި ޢަޒާބާއި ބިރުވެރިކަމުގެ ވާހަކައިންނެވެ. ނަމަވެސް މިހުރިހާ ގޮތްތަކެއްވެސްވީ ނާކާމިޔާބެވެ. އެމީހުންގެ އަނިޔާވެރިކަމާއި މަގުރުފެދުމާއި ދޫނުކުރުމުގެ ސީޔާސަތު ދިޔައީ އިތުރަމުން، ބުދުތަކަށް އަޅުކަން ކުރުން އިތުރުވަމުންނެވެ. އަދި އެކަލޭގެފާނާ މެދު ދެކޮޅުވެރިކަމައި އަނިޔާވެރިކަން ކުރިއަށް ނެރެއިތުރަށް ހަރުދަނާ ކުރަމުން ދިޔައެވެ. އެކަލޭގެފާނަށް ގެއްލުންދޭން މަސައްކަތްކޮށް އަދި އެކަލޭގެފާނަށް އީމާންވާ މީހުންނަށްވެސް ގެއްލުން ދެމުންނެވެ. ހިލައިންތަޅާއި ރަށުން ބޭރަށް ލާނެކަމަށް އިންޒާރު ދެމުންނެވެ. އެކަމުގައި ހައްދުފަހަނައަޅައި ދަމުންނެވެ.

އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިން ބޮޑުން އެކަލޭގެފާނާ މުޚާޠަބުކޮށް ބުނަމުން ދިޔައެވެ. ﴿ قَالَ الْمَلَأُ مِن قَوْمِهِ إِنَّا لَنَرَاكَ فِي ضَلَالٍ مُّبِينٍ﴾ އެކަލޭގެފާނުގެ قوم ގެބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، އަހުރެމެންނަށް ފެންނަނީ، ފާޅުވެގެންވާ ފުރެދުމެއްގައި ކަލޭގެފާނު ވާތީއެވެ." ނޫޙުގެފާނު މިތުހުމަތުގެ ޖަވާބުގައި ވިދާޅުވިއެވެ. ﴿ قَالَ يَا قَوْمِ لَيْسَ بِي ضَلَالَةٌ وَلَـٰكِنِّي رَسُولٌ مِّن رَّبِّ الْعَالَمِينَ﴾ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް ފުރެދުމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން އައި رسول އަކީމެވެ." ﴿ أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنصَحُ لَكُمْ وَأَعْلَمُ مِنَ اللَّـهِ مَا لَا تَعْلَمُونَ ﴾ އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި ތިޔަބައިމީހުންނަށް نصيحة ތެރިވަމެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތައް اللَّه ގެ حضرة ން އަހުރެންނަށް އެނގެއެވެ." (ނުނިމޭ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *