ރާއްޖޭގެ ޚަބަރު މާވެޔޮ މިސްކިތް ހުޅުވޭނީ މިސްކިތުގެ ޖަމާޢަތްތަކާއި އެކު: އިސްލާމިކް މިނިސްޓްރީ

މާވެޔޮ މިސްކިތް ހުޅުވޭނީ މިސްކިތުގެ ޖަމާޢަތްތަކާއި އެކު: އިސްލާމިކް މިނިސްޓްރީ

Maaveyo Miskiyy Hulhuveyny Miskiyy thakuge Jamaa'aiy thaka eky: Islamic Minister

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާވެޔޮ މިސްކިތް ހުޅުވޭނީ މިސްކިތުގެ ޖަމާޢަތްތަކާއި އެކުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޕީއެސްއެމްގެ ރާއްޖެ މިއަދުގެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި އަމިއްލަ ފަރާތެއްގެ އިސްނެންގެވުނާއި އެކު، މާވެޔޮ މިސްކިތް ޢިމާރާތްކުރުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ އިރު، އެފަރާތުން އެދިލައްވަނީ މިފެށޭ ޖުލައި މަހުގެ ފުރަތަމަ ދުވަހު އެމިސްކިތް ހުޅުވުމަށެވެ.

ޑރ ޒާހިރު ވިދާޅުވެފައިވާ ގޮތުގައި މިޖޫން މަހުގެ 20 ވަނަ ދުވަހު މިނިސްޓްރީއާއި މިސްކިތް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިސްކިތް ހުޅުވާނޭ ވަކި ތާރީޚަކާއި މެދު މިހާރު ދަނީ މަޝްވަރާ ކުރެވެމުންނެވެ.

"ހާލަތު ރަނގަޅުވެއްޖެނަމަ މިސްކިތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ބޭނުންކުރެވޭނެ. ކާޕެޓް އަޅާފައިވާ ސަރަޙައްދު އަދި ބޭނުން ނުކުރުމަށް އަންގާފައި ވާނެ. މިސްކިތް ވަނީ ވަރަށް ފުރިހަމައަށް އިމާރާތްކޮށްފައި." ޑރ އަޙްމަދު ޒާހިރު ވިދާޅުވެފައިވެއެވެ.

މީގެ ކުރިން މާވެޔޮ މިސްކިތުގައިވަނީ  400 އެއްހާ މީހުންގެ ޖާގައެވެ. އެހެނަސް އާ އިމާރާތް ހުޅުވުމާއިއެކު 2000 މީހުންގެ ޖާގަ މިސްކިތުގައި ތަނަވަސް ވެގެންދާނެއެވެ. މިގޮތުން މިސްކިތުގައި މިހާރު 6 ފަންގިފިލާއަށް އެޅިފައިވާއިރު، ނަމާދު ކުރާ ބައިގެ އިތުރުން އިދާރީ ބައެއްވެސް މިސްކިތުގައި ހިމެނިފައިވެއެވެ.

މާވެޔޮ މިސްކިތް ހުޅުވުމަށް ފުރަތަމަ ހަމަޖެހިފައިވަނީ މިދިޔަ ރަމަޟާން މަހުއެވެ. އެހެނަސް މާލޭގައި ކޯވިޑް 19 ފެތުރެން ފެށުމުގެ ސަބަބުން، ޢާއްމު ސަލާމަތަށްޓަކައި، އިސްލާމިކް މިނިސްޓްރީން ވަނީ މިމިސްކިތް ހުޅުއްވުން ފަސްކުރައްވާފައެވެ.

ޓެގް

މާވެޔޮ މިސްކިތް ޑރ ޒާހިރު ދިއިސްލާމް އިސްލާމިކް މިނިސްޓަރ އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.