އިންޑިޔާގެ މުސްލިމުން މަރާއިރު އެވާހަކަ އެއްވެސް ނޫހެއްގައިވެސް ނުދެކެވި، ފިލްމީ ތަރިންގެ ވާހަކަ ދެކެވޭތީ ޝައިޚު ޝާފިޢު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ޝައިޚު ޝާފިޢު އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި "އިންޑިޔާގައި ނުހައްޤުން އެތަކެއް މުސްލިމުންނެއް މަރާލެވި، އަންހެނުންގެ ޢިއްފަތެ ފޭރެވި، ކުޑަކުދިން މަރާލެވޭ އިރު، އެކަމުގެ ވާހަކަ އެއް ނޫހެއްގައިވެސް ޖަހާނުލެވެއެވެ. އެހެނަސް ޙަމްދަރުދީއާއި ހުރިހާ ރުއިމެއް މިރޮނީ ފިލްމު ކުޅޭ މުޝްރިކަކު އޭނާ އަމިއްލައަށް ދަންޖެހި މަރުވުމުންނެވެ."
ޝައިޚު އިތުރަށް ޓްވީޓު ކުރައްވާފައިވާ ގޮތުގައި މިކަމުން އެނގިގެންދަނީ އަޅުގަނޑުމެން މުސްލިމުން ޝައިޠާނީ މަޅިތަކުގައި ޖެހިފައިވާލެއް ބޮޑުކަމެވެ. އަދި ބައެއްމީހުން ދަނީ އޭނާއަށް ހެޔޮ ދުޢާ ކުރެވިދާނެތޯ ސުވާލު ކުރަމުން ކަމަށާއި، އެހެނަސް އެއީ ހުއްދަ ނުވާނެ ކަމެއްކަމަށް ޝައިޚު ވިދާޅުވެފައިވެއެވެ. އަދި ދުޢާ ކުރަންވާނީ ނުޙައްޤުން ދުނިޔޭގެ އެތައް މިތަނުގައި މަރާލެވެމުންދާ މުސްލިމުން އަޚުންނާއި އުޚްތުންނަށް ކަމަށް ޝައިޚުގެ މިޓްވީޓުގައި ވިދާޅުވެފަިވެއެވެ.
އިންޑިޔާގައި މުސްލިމުންނާއި އިދިކޮޅަށް ކުރިއަށް ދަމުންދާ އަނިޔާތަކަކީ އާ ކަމެއްނޫނެވެ. މިގޮތުން 2002 ވަނަ އަހަރު، މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯޑީ ގުޖުރާތު ސަރަޙައްދުގެ މޭޔަރަކަށް ހުރި އިރު، ރޯމާ ދުވާލު މުސްލިމުން އެތަނުގައި ކަތިލެވެމުން ދިޔައެވެ. މިލޭއޮހޮރުވުމުގައި 1000 މީހަކު މަރުވެފައިވާ އިރު، އޭގެ ތެރެއިން 800 މީހުންނަކީ މުސްލިމުންނެވެ.
މި 2020 ވަނަ އަހަރުން ފެށިގެން އަނިޔާވެރިކަމުގެ އެތައް ޙާދިޘާތަކެއް ހިނގަމުން އިންޑިޔާގައި ދަނީ ހިނގަމުންނެވެ. މިގޮތުން ފާރޫޤީ މިސްކިތުގެ އިމާމް މުފްތީ މުޙައްމަދު ޠާހިރު ވިދާޅުވާ ގޮތުގައި، ތަޅާފޮޅުން ގިނަވެ، މަގުތައް ހަލަބޮލިވުމުން، އޭނާ ސަލާމަތަށް އެދި މިސްކިތުގެ މަތީ ކޮޓަރިއަށް އަރާވަޑައިގަތުމުން، ފުލުހުން އައިސް، ދޮރު ވައްޓާލާ، އޭނާ ހިންދޫ ޖަމާޢަތާއި ހަވާލު ކުރިއެވެ. އަދި އެބައިމީހުން އޭނާ ހޭނެތެންދެން، އަދި ހަތަރެސް ފައި ބިނދެންދެން ތެޅިއެވެ. އަދި މިސްކިތުގައި ހުޅުޖަހާ މުޞްޙަފުތަކާއި އެކު އަންދާލިއެވެ.
މިއަނިޔާވެރިކަން ދުށް މީހުން ވިދާޅުވާ ގޮތުގައި މުސްލިމުންނަށް އަނިޔާކުރާއިރު، ފުލުހުން އަޅާ ނުލާ ބަލަން ތިބެއެވެ. ނުވަތަ ޢަމަލީ ގޮތުން މުސްލިމުންނާއި އަނިޔާ ކުރުމުގައި ބައިވެރިވެއެވެ. އަދި ވަށައިގެން ތިބި މީހުން އެހީއަށް އެދުމުންވެސް ފުލުހުން އެކަމަށް އިޖާބައެއް ނުދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...