ދަރުސް ޚަބަރު ސުވަރުގޭގެ އަހުލުވެރިއަކަށް ވުމަށްޓަކައި ކުރަން ޖެހޭނެ ދެ ކަމެއް: މުފްތި މެންކް

ސުވަރުގޭގެ އަހުލުވެރިއަކަށް ވުމަށްޓަކައި ކުރަން ޖެހޭނެ ދެ ކަމެއް: މުފްތި މެންކް

Dhemafirin Ekaku Anekakah Loabin Basbunumaa Thaureef Kurumakee Ves Alhukameh: Mufthi Menk

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުވަރުގޭގެ އަހުލުވެރިއަކަށް ވުމަށްޓަކައި ކުރަން ޖެހޭނެ ދެކަމެއް ވާކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

އެގޮތުން ﷲ ތަޢާލާއާއި ބަދަހި ގުޅުމެއް ބޭއްވުމަކީ އެންމެ ފުރަތަމައަށް ކުރަން ޖެހޭނެ ކަމެވެ. އެގޮތުން ﷲ ތައާލާއަށް ކިޔަމަން ވުމާއެކު ނަހީ ކުރެއްވި އެންމެހާ ކަންކަމާ ދުރުވެ ކުރަން އަންގަވާފައިވާ ކަންކަން ކުރުމެވެ.

ސުވަރުގެ ހާސިލު ކުރުމަށްޓަކައި އަދާކުރަން ޖެހޭނެ ދެވަނަ ކަމަކީ ﷲ ތަޢާލާ އުފެއްދެވި އެންމެހާ މަޚުލޫޤުންނާއި ގާތް ގުޅުމެއް ބޭއްވުމެވެ. އެގޮތުން މީސްތަކުންނަށް މުއާމަލާތު ކުރުމުގައި ރިވެތި އަޚްލާޤުން މުއާމަލާތު ކުރުމާއި މީސްތަކުންނަށް އެހީވެދީ އިޙްތިރާމްކޮށް އެހެން މީހުންގެ ޙައްޤުތަކަށް އަރައިނުގަތުން ފަދަ ކަންކަން ހިމެނެއެވެ.

އަދިވެސް ވިދާޅުވެފައިވެއެވެ. ސުވަރުގެ އެދޭމީހާ އެކަމަށް އެދި މަސައްކަތް ކުރަން ފެށުމުގެ ތަޅުދަނޑި އަކީ ވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަން ފެށުން ކަމަށާއި އެކަމުން ފަށައިގަތުން ކަމަށާއި ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްވެސް ޝެއިޚްގެ ވާހަކައިގައި ވިދާޅުވެފައިއެވެ.

ނިންމާލަމުން ވިދާޅުވެފައިވަނީ ތިމާއަކީ ޚުލްޤު ރަނގަޅު މީހެއް ކަމުގައި ވުމަށް ގަދައަޅާ މަސައްކަތް ކުރުމަށާއި މީސްތަކުންގެ ޙައްޤުތަށް އަދާކުރުމާއެކު މީހުންގެ ޙައްޤުތަކަށް އަރައި ނުގަތުމަށެވެ. އެއިރުން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ތިމާ އަށް ލިބިގެން ދާނެ ކަމަށެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.