ރާއްޖޭގެ ޚަބަރު ނަމާދު ގަޑިތަކާއި ޤުރްއާން ތަރުޖަމާ އާއި އެކު "ނަމާދު ގަޑި" އެޕްލިކޭޝަން!

ނަމާދު ގަޑިތަކާއި ޤުރްއާން ތަރުޖަމާ އާއި އެކު "ނަމާދު ގަޑި" އެޕްލިކޭޝަން!

ނަމާދު ގަޑިތަކާއި ޤުރްއާން ތަރުޖަމާ އާއި އެކު "ނަމާދު ގަޑި" އެޕްލިކޭޝަން!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ނަމާދުގެ ގަޑިތަކާއި ޤުރްއާން ތަރުޖަމާ އެކުލެވޭހެން "ނަމާދު ގަޑި" މިނަމުގައި އެޕްލިކޭޝަންނެއް ލޯންޗު ކުރުމާއި އެކު މިއެޕް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ. އައިއޯއެސް (އެޕަލް) ފޯނުތަކަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކުރެވިފައިވާ މިއެޕްލިކޭޝަނަކީ ދިވެހި ރާއްޖޭގެ ވެބް ޑިޒައިނާރ އިސްމާޢީލް ޒާހީ ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ.

މިއެޕްލިކޭޝަނުން ރާއްޖޭގެ އެކި ހިސާބުތަކުގެ ނަމާދު ގަޑިތައް ފަސޭހަ ކަމާއިއެކު ބަލާލެވެއެވެ. މިގޮތުން މިއެޕްލިކޭޝަންގެ "އެލާމް" ފީޗަރ ބޭނުން ކުރެއްވުމުން ނަމާދު ވަޤުތުތައް ޖެހުމާއި އެކު އެކަން ހަނދާން ކޮށްދެއެވެ. އަދި މީގެ އިތުރުން މިއެޕްލިކޭޝަން ތައްޔާރު ކުރެވިފައިވަނީ ކީރިތި ޤުރްއާން ގެ ދިވެހި ތަރުޖަމާވެސް ބަލާލެވޭ ގޮތަށެވެ. މިއީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ފީޗާރ އެކެވެ. ޤުރުއާން ކިޔަވާއިރު ޤުރުއާނުގެ ދިވެހި ތަރުޖަމާ ހިމަނާފައިވުމުން އެއީ ލިބުނު ހިތްހަމަ ޖެހުމެކެވެ.

އިސްމާޢީލް ޒާހީ ވިދާޅުވާ ގޮތުގައި މިއެޕްލިކޭޝަން ފުރަތަމަ ތައްޔާރު ކުރީ މިދިޔަ ރޯދަ މަހު އަމިއްލައަށް ބޭނުން ކުރުމަށެވެ. އޭގެ ފަހުން މީގެ ދުވަސްކޮޅެއް ކުރިން ޢާއްމުންނަށް ބޭނުން ކުރެވޭނެހެން ޢާއްމު ކުރީއެވެ.

"ޢާއްމުންނަށް ދޫކޮށްލަން ނިންމީ އަސްލު މިހާރު ހުރި ގިނަ ނަމާދު އެޕްތަކުގެ ޑޭޓާއި އެއްޗިހި އަޕްޑޭޓު ނުވެ ހުރީމަ. އަދި ބައެއް އެޕްތައް ބޭނުން ކުރަން އެހާ ފަސޭހަ ނޫންވީމަ" ޒާހީ ވިދާޅުވިއެވެ. ޒާހީ އިތުރަށް ވިދާޅުވި ގޮތުގައި މިއެޕްލިކޭޝަނުން ޢާއްމުންނަށް އެއްމެ ކަމުގޮސްފައިވަނީ ޑާކް މޯޑް ފީޗާއެވެ. އަދި ފޯނުން ކީރިތި ޤުރްއާން ކިޔުއްވާ ބޭފުޅުންނަށް މިފީޗަރ ޚާއްޞަކޮށް ކަމުދާކަމަށްވެސް ވިދާޅުވިއެވެ.

އެޕްލިކޭޝަން ޓްވިޓާރ މެދުވެރިކޮށް އާންމުކޮށްލުމާއި އެކު ވަރަށް ބޮޑު ތަރުހީބެއް މިއެޕަށް ލިބިފައިވެއެވެ. އެކަން ޒާހީވެސް ފާހަކުރިއެވެ. ޒާހީ ވިދާޅުވާ ގޮތުގައި މިހާރު ނެރެވިފައިވާ ނަމާދު އެޕްލިކޭޝަންތައް ގިނަކަމުން، މިއެޕްލިކޭޝަނަށް މިހާ ބޮޑު ތަރުޙީބެއް ލިބޭނެކަމަށް ހިއެއް ނުކުރެއެވެ.

މިވަގުތަށް މިއެޕްލިކޭޝަން ލިބެން ހުރީ ހަމައެކަނި އެޕަލް ޕޯނުތަކަށް ކަމުގައިވިޔަސް އެންޑްރޮއިޑް ގެންގުޅުއްވާ ފަރާތްތަކަށްވެސް މިއެޕްލިކޭޝަން ބޭނުން ކުރެއްވޭނެ ގޮތް ހެދޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ޒާހީ ވިދާޅުވެފައިވެއެވެ. މިއެޕްލިކޭޝަން އާންމުންނަށް ދޫކޮށްލުމަށް ފަހު ރޭ ވަނީ މުހިންމު އަޕްޑޭޓެއް އެޕަށް ގެނެސްފައެވެ. އެއީ ޤުރުއާނުގެ އާޔަތާއި މާނައިގެ ފޮންޓް ކުޑަކޮށް ބޮޑު ކުރެވޭހެން ހެދުމެވެ. މިއީ ވަރަށް ގިނަ މީހުން ބޭނުންވާނެ ފީޗާރ އެކަން ޔަގީނެވެ.

"ނަމާދު ގަޑި" އެޕް ލޯންޗް ކުރުމާއި އެކު ސޯޝަލް މީޑިއާގައި އެޕާއި މެދު ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު އިތުރު ބަދަލުތައް އެޕަށް ގެންނަމުންދާތީ މިއެޕާއި މެދު ލިބިގެންދަނީ އިތުރު ހިތްހަމަޖެހުމެވެ. މި އެޕްލިކޭޝަން ލޯންޗް ކުރުމަށްފަހު ކޮށްފައިވާ ޓުވީޓްގެ ތްރެޑަށް ބަލާލުމުން އެޕާއި މެދު އޮތް ތަރުހީބާއި އެޕް ހެދި ބޭފުޅާ މިކަމަށް ހުރި ޝައުގު ފެނިގެންދާނެއެވެ.

މިއީ ޑައުންލޯޑްކޮށްލަން މުހިންމު އެޕެކެވެ. ނަމާދު ގަޑި ހަނދާން ކޮށްދިނުމަށް މިއީ ރަނގަޅު އެހީއަކަށް ވާނެއެވެ.

ލިންކް: އެޕް ޑައުލޯޑް ކުރައްވާ!

ޓެގް

ނަމާދު ގަޑި އެޕް ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.