ކޯވިޑް 19 ޖެހޭ މީހުންގެ ޢަދަދު އިތުރުވުމާއި އެކު، ސަޢޫދީ ޢަރަބިއްޔާއިން އަނެއްކާވެސް 71 މިސްކިތް ބަންދު ކޮށްފިއެވެ.
ސަޢުދީ ޢަރަބިއްޔާއިން މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު 9 ލައްކައަށްވުރެ ގިނަ މިސްކިތްވަނީ ހުޅުވާފައެވެ. ނަމަވެސް މިސްކިތްތައް ހުޅުވުމާއިއެކު، ޢާއްމު ފަރާތްތަކުގެ ކިބައިން ސަލާމަތީ ފިޔަވަޅުތައް އެއްމެ އެދެވޭ ގޮތެއްގައި އެޅެމުން ނުދާތީ 71 މިސްކިތެއްވަނީ ވަޤުތީ ގޮތުން ބަންދު ކުރެވި ސްޓެރިލައިޒް ކުރުމަށް ހަމަޖެހިފައެވެ.
"މިސްކިތްތަކުން ސަލާމަތީ ޕްރޮޓޮކޯލްތަކާއި އެއްގޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން ކޯވިޑް 19ގެ އިތުރު ކޭސްތައް މިހާރުވަނީ ރިޕޯޓު ކުރެވިފަ" ސަޢޫދީގެ މިނިސްޓަރް އޮފް އިސްލާމިކް އެފެއާޒް، ޢަބްދުއްލަޠީފް ބިން ޢަބްދުލް ޢަޒީޒް އާލް ޝައިޚު ވިދާޅުވެފައިވެއެވެ.
ޢަރަބި ޤައުމުތަކުގެ ތެރެއިން އެއްމެ ގިނަ ކޯވިޑް 19 ގެ ކޭސްތައް ރިޕޯޓު ކުރެވިފައިވަނީ ސަޢޫދީ ޢަރަބިއްޔާއިންނެވެ. މިގޮތުން މިދިޔަ އާދީއްތަ ދުވަހު މިޤައުމުގައި ކޯވިޑް 19 ޖެހިފައިވާ މީހުންގެ ޢަދަދު އެއްލައްކައަށްވުރެ މައްޗަށް އަރާފައިވެއެވެ.
ޚިޔާލު